މުޒާހަރާ ތެރެއިން 11 މީހަކު ހައްޔަރުކޮށްފި

މުޒާހަރާ ތެރެއިން 11 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
29 ޖެނުއަރީ 2021 06:25
0

އިދިކޮޅުން މާލޭގައި މިއަދު ކުރި މުޒާޖަރާގެ ތެރެއިން އެކަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، 11 މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިއަދު މާލޭގައި ކުރި އިހުތިޖާޖުގައި 11 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން އެކަކަށް އަނިޔާ ކުރުމުގެ ސަބަބުން އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އިދިކޮޅު ކޯލިޝަނުން މައުލޫމާތު ދެއެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ހޭނެތިފައިކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

މުޒާހަރާގެތެރެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ކައުންސިލް މެމްބަރު ނަބީލްއާއި، ޒަމީލް އަދި ސްޓިއަރިން ކޮމިޓީގެ މެމްބަރުންވެސް ހިމެނޭކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.