މުޒާހަރާ ހުއްޓުވައި، ބާރުގެ ބޭނުން ކުރާނެކަމުގެ އިންޒާރު ފުލުހުން ދީފި

މުޒާހަރާ ހުއްޓުވައި، ބާރުގެ ބޭނުން ކުރާނެކަމުގެ އިންޒާރު ފުލުހުން ދީފި

Author
މުޙައްމަދު ޝަޒައިމް
29 ޖެނުއަރީ 2021 05:11
0

މާލޭގައި މިހާރު އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާ ހުއްޓާނުލައިފިނަމަ، ބާރުގެ ބޭނުންކޮށް މުޒާހަރާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުުން ދީފިއެވެ.

މުޒާހަރާ ހުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވމުންދާއިރު، މަޖިދީ މަގުގައި ސުލްހަވެރިކަމާއިއެކު އަޑު އުފުލަމުންދިޔަ މީހުން ހުއްޓުވައި ވަނީ އިންޒާރު ދީފައެވެ. ފުލުހުން ބުނެފައިވަނީ މުޒާހަރާގެ ބައިވެރިން މުޒާހަރާ ހުއްޓާލުމަށާއި، މުޒާހަރާ ހުއްޓާނުލައިފިނަމަ ބާރުގެ ބޭނުންކުރާނެ ކަމަށެވެ. އަދި ބާރުގެ ބޭނުން ކުރާނީ ހާލަތާއި އެކަށީގެންވާ ބާރެއްކަމަށާއި، ޕެޕާސްޕްރޭވެސް ބޭނުން ކުރާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

އެއްވި މީހުން މަޖީދީމަގާއި ސޯސަންމަގު ހަތަރު އަގޮޅި ކަންމަތިން ފުލުހުން ހުއްޓުވާފައިވާއިރު، މުޒާހަރާގެ ބައިވެރިން މިވަގުތުތިބީ އެސަރަހައްދުގައި މަޑުކޮށްގެންނެވެ. މަޖީދީމަގުގެ އިތުރުން މާލޭގެ އެހެން ސަރަހައްދެއްގައިވެސް އިދިކޮޅު މުޒާހަރާގެ ބައިވެރިން ދަނީ އަޑު އުފުލަމުންނެވެ. މަޖީދީ މަގު ސޯސަންމަގު ކަންމަތީގައި މުޒާހަރާގެ ބައިވެރިން މަޑުކޮށްގެން ތިބިއިރު، ގިނަ އަދަދެއްގެ ފުލުހުން ދަނީ އެސަހަރައްދުގައި މުޒާހަރާގެ ބައިވެރިންނަށް އެއްވެސް ކޮޅަކަށް ނުދެވޭނެހެން ހުރަސް އަޅާފައެވެ.

ފުލުހުން ދަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕެޕާސްރޭ ގިނަ އަދަދަކަށް ޖަހައި އެއްވެފައިވާ މީހުން ފަހަށް ޖެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ހަނިގޯޅިއަކަށް ފަހަތައް ޖައްސައި، މަޖީދީމަގު ހުސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.