ހައިލަމް، ބްރިގޭޑިޔާ ދީދީއަށް: އޮޅުން އަރަނީ ޤާނޫނު ނޭނގޭތީ

ހައިލަމް، ބްރިގޭޑިޔާ ދީދީއަށް: އޮޅުން އަރަނީ ޤާނޫނު ނޭނގޭތީ

Author
މުޙައްމަދު ޝަޒައިމް
29 ޖެނުއަރީ 2021 12:14
0

ހުޅުމާލޭ މިސްކިތެއްގައި މީހަކަށް ހަމަލާދިން އިންޑިޔާ މީހާއަށް ދައުވާ ނުކޮށް ޤައުމަށް ފޮނުވާލި މައްސަލާގައި، ޤާނޫނީ ގޮތުން ހުރި ނުކުތާތަށް ފާހަގަކޮށް ކްރިމިނަލް ކޯޓުުގެ ކުރީގެ އިސް ގާޟީ އަޙްމަދު ހައިލަމް ދެއްކެވި ވާހަތަކަށް ބްރިގޭޑިޔާ ޖެނެރަލް އިބްރާހިމް ދީދީ ދެއްކެވި ވާހަތަކަށް ހައިލަމް ހޫނު ރައްދުތަކެއް ދެއްވައިފިއެވެ.

ހުޅުމާލެ އަޒީޒާ މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާއަށް ދަޢުވާ ނުކޮށް ޑީޕޯޓް ކޮށްލީ ދަޢުވާ ކުރުމަށްވުރެ ޑީޕޯޓްކޮށްލުން މަސްލަޙަތު ބޮޑު ކަމަށް ފެންނާތީ ކަމަށް ޕީޖީ ވިދާޅުވުމާއި ގުޅިގެން ޤާނޫނީ ގޮތުން އެކަމުގައި އޮންނަ ގޮތް ހައިލަމް ވަނީ ހާމަކޮށްދެއްވާފައެވެ. ހައިލަމްގެ ވާހަތަކާއި ގުޅިގެން އިބްރާހިމް ދީދީ ވިދާޅުވީ މާބޮޑަށް ސިޔާސީވަަނީ ކަމަށާއި، ހުރިހާ މައްސަލައެއް ދިމާވަމުންދަނީ ޤާނޫނުތައް އޮޅުން ބޮޅުން ވުމުންކަމަށެވެ.

އިބްރާހިމް ދީދީ ޤާނޫނުތައް އޮޅުން ބޮޅުން ވެފައިވާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ހައިލަމް ވިދާޅުވީ އޮޅުން އަރަނީ ޤާނޫނު ނޭނގޭތީކަމަށެވެ.  މީހަކަށް ހަމަލާ ދީފައިވާނަމަ ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ ދަޢްވާކުރުން ކަމަށް ކަޅާއި ހުދުން ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.

އޮޅުން އަރަނީ ޤާނޫނު ނޭނގޭތީ! މީހަކަށް ހަމަލާ ދީފައިވާނަމަ ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ ދަޢްވާކުރުން ކަމަށް ކަޅާއި ހުދުން ޤާނޫނުގައި އެވަނީ ބަޔާންކޮށްފައި. މިސްކިތެއްގައި ހުރި މީހަކަށް ޙަމަލާދިން މީހަކު ޑީޕޯޓް ކުރުމަކީ ޢާންމު މަޞްލަޙަތާ ގުޅުންހުރި ކަމެއް ނޫން!

– ހައިލަމް ވިދާޅުވިއެވެ.

ހައިލަމްގެ ވާހަތަކާއި ގުޅިގެން ސިޔާސީވާކަމަށް ވިދާޅުވެ ދީދީ ވިދާޅުވެ ވާހަކަތަކަށް ރައްދު ދެއްވަމުން ހައިލަމް ވިދާޅުވީ މިއަދު އާއިލީ ބޭފުޅަކަށް ވަޒީރުކަން ލިބިގެން ކޮޅު ބަދަލު ކުރެއްވިޔަސް، ރައީސް މުހައްމަދު ނަޝީދު މިނިވަން ވެދާނެތީ އެންމެ ކަންބޮޑުވެގެން އުޅުއްވި އެއްބޭފުޅެއް އިބްރާހިމް ދީދީ ކަމަށެވެ.

ހަޖަމުކުރަން ދަތިވެގެން ތިޔަ އުޅުއްވަނީ. ތިޔައީ އިންޑިއާ މީހުން އައްޑޫގައި ކިއްލާ ހަދައިގެން އުޅޭ ކަމަށާއި ރައީސް ނަޝީދު އުޅުއްވަނީ އިންޑިއާއާ ގުޅިގެން ރާއްޖެ ހިފަން ކަމަށް ވިދާޅުވި ބޭފުޅާ ނޫންތޯ؟ ޤާނޫނު ނޭނގޭ ބޭފުޅުން ޤާނޫނުގެ ވާހަކަ ނުދެއްކުން ބުއްދިވެރިވާނީ! ހަނދުމަފުޅު ނެތީތޯ؟ ޞިއްޙީ މައްސަލައެއް އުޅޭނަމަ ބޭސްކުރުން ރަނގަޅުވާނެ.

– ހައިލަމް ވިދާޅުވިއެވެ.

ހުޅުމާލެ އަޒީޒާ މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާއަށް ދަޢުވާ ނުކޮށް ޑީޕޯޓް ކޮށްލީ ދަޢުވާ ކުރުމަށްވުރެ ޑީޕޯޓްކޮށްލުން މަސްލަޙަތު ބޮޑު ކަމަށް ފެންނާތީ ކަމަށް ޕީޖީ ވިދާޅުވުމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ ޕީޖީއަށް އަމާޒުވެފައެވެ.

މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާއަށް ދަޢުވާ ނުކޮށް ޑީޕޯޓްކޮށްލަން ނިންމީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ މައްސަލައިގެ ޒާތާއި ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރިއިރު މި މައްސަލާގައި ޖިނާއީ ދަޢުވާއެއް ކުރުމަށްވުރެ މަސްލަޙަތު ބޮޑީ ތުހުމަތުކުރެވޭ ފަރާތް ޑީޕޯޓްކޮށްލުމުން ކަމަށް އެ އޮފީހަށް ފެނުނު ކަމަށެވެ. މި ނިންމުން ނިންމުމުގެ ކުރިން މައްސަލާގައި އަނިޔާލިބުނު ފަރާތާ މަޝްވަރާކޮށް މައްސަލަ ކުރިއަށްގެންދިއުމާމެދު ދެކޭގޮތް ބަލާފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Bakaa
Rajje theree meehun male kushen konfinyaa dauvaanukon ameehenge rashan nu fonuvanee keehve ahenveemaa mihaaru fonuveyne thaaa
M Mugaabey
Oi hailam you ah niengeyhe kankeraa veyle thehishee fail vegei addu gai kiyavagen thibi molhu meehun na veylehekee size olhenee ehisaabun thehishee fail vegei