ދަރިމައިވުމުގެ މާޔޫސްކަމާ ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހަރަކާތްތައް ހިންގަމުން އައި ގުރޫޕެއް ކަމަށްވާ "ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ" ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފި އެވެ.
ގާނޫނު ނަމްބަރު 1/2003 ޖަމިއްޔާތަކާއި ބެހޭ ގާނޫނޫ އަދި ގަވައިދުގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މި ޖަމާއަތުގެ މަގްސަދަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާއި ގުޅޭގޮތުން ސައްހަ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރި ޕްރޮގްރާމް ހިންގާ އަދި ދަރިމައިވުމުގެ އުނދަގޫ ތަހައްމަލު ކުރާ ފަރާތްތަކަށް ހިއްވަރުދިނުމަށް ސަޕޯޓް ގުރޫޕް ހިންގުމާއި އެކު އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަންނަ ހިނދު އެ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކޮށްދީ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިދިޔަ އެއް އަހަރު ތެރޭގައި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިން ހަރަކާތްތެރިވަމުން އައި މި ޖަމިއްޔާ ،ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ރަސްމީކޮށް އެންޖީއޯއެއްގެ އެންމެ ބޮޑު ބޭނުމަކީ މި ޖަމިއްޔާގެ މަސައްކަތްކޮށް އިތުރަށް ފުޅާކޮށް ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތަށް ހުރި ދަތިތައް ތަހައްމަލް ކުރާ މީހުންގެ ވާހަކަތައް ކަމާ ގުޅޭ ޕްލެޓްފޯމްތަކަށް ގެނައުމެވެ. އަދި ބޭސްފަރުވާ އަށް ރާއްޖެ އަދި ރާއްޖެއިން ބޭރުން އެކި އެކި ފަރުވާ ހޯދަންވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައި ދިނުމަށް ފަންޑްރެއިސް ކުރުމެވެ.

މި ޖަމިއްޔާގެ ފައުންޑަރ މެންބަރުންނަކީ އާޝާ ހުސެއިން އާއި ހައްވާ އިހުސާނާ އަދި ވައިސް ޕްރެސިޑެންޓްއަކީ މަރްޔަމް ޝާނީޒް އެވެ. އެގްޒެކެޓިވް ސެކްރެޓަރީއަކީ ފައިހާ ފަހީމް އަދި ޓްރެޝަރަރ އެއްގެ ގޮތުން މަސައްކަތް ކުރާނީ ރީމާ ހުސެއިންއެވެ. މި ޖަމިއްޔާގެ އެންމެހާ ހަރާކާތްތައް ހިންގުމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން ވަނީ ތަފާތު އެކި ދާއިރާ ތަކުގައި މަސައްކަތް ކުރާ މީހުން ހިމެނޭ އެގްޒެކެޓިވް ޓީމެއް އެކުލަވާލާފައެވެ.
އެގްޒެކެޓިވް ޑިރެކްޓަރުންގެ ޓީމުގެ ހިމެނެނީ ލުބްނާ އަލީ، މަރިޔަމް ޝަހިންދާ، އުރުބަތު ނައީމް، އައިޝަތު ޝާއިހާ، މަރިޔަމް ޝިފާޒާ އަދި އީމާން އަންވަރު އެވެ. މި ދިޔަ އަހަރާއި ހިލާފަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މަސައްކަތް ފުޅާކޮށް ރަސްމީކޮށް ހަރަކާތްތެރި ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ދަރިމައިވުމުގެ ހުރަސްތައް ހުންނަ މީހުންނަށް ރާއްޖެއިން ފަރުވާ ލިބޭނެ ގޮތްތައް ހޯދާދިނުމާއި މި ކަމަށް ސިއްހީ ދާއިރާއިން ބޭނުންވާ އެހީތެރިކަމާއި ސަޕޯޓް ހޯދުމެވެ.

ފާޓިލިޓީ ކޮމިއުނިޓީގެ ހަރާކާތްތަކަށް ބަލާއިރު މިދިޔަ އަހަރުތެރޭގައި ސަޕޯޓް ކޮމިއުނިޓީ އިން ވަނީ ތަފާތު އެކި އެކި މައުލޫމާތު ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި ކޮވިޑްގެ ހާލާތާއި އެކު ކުރިމަތިވީ ގޮންޖެހުންތަކާއި އެކު މި ޖަމިއްޔާ އިން ވަނި އޮންލައިންކޮށް ސަޕޯޓް ސެޝަންތައް ކުރިއަށް ގެންގޮސްފައެވެ. ދަރިމައިވުމުގެ ސިއްހަތާއީ އަދި ރާއްޖޭގައި "އިންފާރޓިލިޓީ" ގެ ހާލާތާއި އެންމެ ގިނަ ބަޔަކު ދަރިމައިވުމަށް ހުރި ހުރަސްތަކަކީ ކޮބައިކަން ބަލާ ރިސާޗެއް ހަދާ ޕަބްލިޝް ކުރުމަކީ މި ޖަމިއްޔާގެ އެއް އަމާޒުކަމުގައިވާއިރު މިހާރުވެސް ދަނީ މިކަމާއި ގުޅޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި ޖަމިއްޔާގައި މެންބަރަކަށް ވުމަށް ދިވެހި ކޮންމެ ރައްޔިތަކަށް ވަނީ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން ހުޅުވާލަފައެވެ. އަދި ޖަމިއްޔާއިން އިން ބާއްވާ އެކި އެކި މައުލޫމާތު ބައްދަލުވުންތަކާއި ސެޝަންތަކުގައި ރެޖިސްޓަރކޮށްގެން ބައިވެރިވެވޭ ގޮތަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ރެޖިސްޓަރ ކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ