މާލޭ ފަޅުގައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށްދާތީ އެމްއެންޑީއެފްއިން އެހީތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ މޭރީ ބްރައުން ކައިރީ ފަޅުތެރޭގައި އޮތް "ރެޑް ސްނެޕާ" ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދާތީ، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ޕަމްޕް ބޭނުންކޮށް ދިޔަ ހިއްކައި ދިނުމުގައި އެހީތެރިކަން ދަނީ ފޯރުކޮށްދެމުންކަމަށެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 7:45 ގައިކަމަށް އެމްއެންޑިއެފް އިން ބުނެއެވެ.
ކޮމެންޓު ފޮނުވާ