ކޯވިޑް-19: އަދަދުތަކުން ނުރައްކާބޮޑު، އިތުރު 106 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އަދަދުތަކުން ނުރައްކާބޮޑު، އިތުރު 106 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
28 ޖެނުއަރީ 2021 10:45
0

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް މައްޗަށް އަރަމުންގޮސް މިއަދުވެސް 106 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ރޭ އިރުއޮއްސި 6 އިން މިރޭގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި 106 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 93 މީހުންނާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 4 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 9 މީހުންނެވެ.

މިއާއެކު ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 15،496 އަށް ވަނީ އަރާފައެވެ. އައު އަހަރާއެކު ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގައި ކޯވިޑަށް ފަރުވާދެމުން އަންނަނީ 1410 މީހަކަށެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 116 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 62 މީހެކެވެ. މިއާއެކު މިހާތަނަށް ޖުމްލަ 14،028 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަގާފައިވާ 3،292 ސާމްޕަލާއެކު މިހާތަނަށް ނެގި ސާމްޕަލްތަކުގެ ޢަދަދު 400،640 އަށް ވަނީ އަރާފައެވެ. ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 51 މީހެކެވެ. އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.