"އިންސާފު ކޮބާ" ނަމުގައި މާދަމާ މުޅި ރާއްޖޭގައި އިދިކޮޅުން މުޒާހަރާ ކުރަނީ

"އިންސާފު ކޮބާ" ނަމުގައި މާދަމާ މުޅި ރާއްޖޭގައި އިދިކޮޅުން މުޒާހަރާ ކުރަނީ

Author
މުޙައްމަދު ޝަޒައިމް
28 ޖެނުއަރީ 2021 09:02
0

އަދުލު އިންސާފު ހޯދުމަށް ގޮވާލާއި، މުޅި ރާއްޖޭގައި އިދިކޮޅު ކޯލިޝަނުން މާދަމާ މުޒާހަރާ ކުރުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ދަނީ މުޒާހަރާ މުޅި ރާއްޖޭގައި ބޭއްވުމަށް ތައްޔަރީވަމުންނެވެ. މާލޭގައި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. މާދަމާ ހަވީރު ބާއްވާ މުޒާހަރާ މާލޭގައި އަތޮޅުތެރޭގެ ހުރިހާ ރަށެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިދިކޮޅު މުޒާހަރާއާއި ގުޅޭގޮތުން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މި މުޒާހަރާގެ ބޭނުމަކީ ރާއްޖޭގައި ގެއްލެމުންދާ އިންސާފު ހޯދުމަށާއި، ރައްޔިތުންނަށް ދެމުންދާ އަނިޔާއަށް އިންސާފު ހޯދުމަށް ކުރަމުންދާ ބޮޑު މުޒާހަރާއެއްކަމަށެވެ.

މުޒާހަރާއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަތޮޅުތެރޭގައި މިހަރަކާތް އިންތިޒާމު ކުރާ ކުރީގެ ފެނަކަ އެމްޑީ މުހައްމަދު ނިމާލް ވިދާޅުވީ މި މުޒާހަރާ ހުކުރު ދުވަހު މުޅި ރާއްޖޭގެ މޮނިޓަރިންގައި ނެތް ހުރިހާ ރަށެއްގައި އޮންނާނެކަމަށެވެ. މި މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ނިކުރުމަކީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެދޭކަމެއްކަމަށް ނިމާލު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.