އެސްޓްރާޒެނެކާއާއި އޮކްސްފޯޑް ޔުނިވަރސިޓީ ގުޅިގެން އުފައްދާފައިވާ ވެކްސިން، އުމުރުން 65 އަހަރުން މަތީގެ މީހުން ނުދިނުމަށް، ޖަރުމަނުވިލާތުގެ ވެކްސިން ކޮމިޝަނުން ލަފާ ދާީފައިވާ ކަމަށް، އެގައުމުގެ އިންޓީރިއަރ މިނިސްޓްރީން ބުރާސްފަތު ދުވަހު ނެރުނު ބަޔާނެއްގައި ބުނުމާއި ގުޅިގެން އެސްޓްރާޒެނެކާ ކުންފުނިން މިވާހަކަ ދޮގުކޮށްފިއެވެ.
މި ބަޔާނުގައި ބުނެފައިވާ ގޮތުން، ޖަރުމަނުވިލާތުގެ ރޮބަރޓް ކޮޗް އިންސްޓިޓިއުޓްގެ ވެކްސިނާބެހޭ ސްޓޭންޑިންގ ކޮމިޓީން ހަދާފައިވާ ދިރާސާއިން ދައްކާގޮތުން، މި އުމުރުފުރާގެ މީހުންނަށް މިވެކްސިންއަކީ ރައްކާތެރި ވެކްސިނެއްގެ ގޮތުގައި ކަޑައެޅުމަށް ބޭނުންވާވަރަށް ޑާޓާތައް މިވަގުތު ލިބޭކަށް ނެތެވެ.
"އެސްޓްރާޒެނެކާ ވެކްސިނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އެންމެ އެކަށީގެންވާ ވެކްސިނެއްކަމުގައި އަދި ކަޑައެޅޭކަށް ނެތް،" އިންޓީރިއަރ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ޖަރުމަނުވިލާތުގެ، ސައިންޓިފިކް އެކްސްޕާޓުންގެ މައްޗަށް އެކުލެވޭ ޕެނަލްއިން ބުނެފައިވަނީ، މިވެކްސިން ހަމައެކަނި ބޭނުންކުރުން މިވަގުތަށް އެންމެ ރަގަޅީ، އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނެވެ.
"މި ވެކްސިން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ބޭނުން ކުރުން އެންމެ އެކަށީގެންވާ ކަމަށް ނިންމުމަށް ބޭނުންވާ ވަރުގެ މައުލޫމާތު އަދި ލިބިފައެއް ނެތް،" މި ޕެނަލުން ދީފައިވާ ލަފާގައި ބުނެގައި ވެއެވެ.
"މި ނޫން އެހެން ހުރިހާ ގޮތަކުން މިވެކްސިން ބެނުން ކުރުމުގެ މައްސަލައެއް އޮތް ކަމަކަށް ނުފެނޭ،" ޖަރުމަނުވިލާތުގެ ސްޓޭންޑިންގ ކޮމިޓީ އޮން ވެކްސިނޭޝަން STIKO އިން ބުނެފައި ވެއެވެ.
އެސްޓްރާޒެނެކާ ވެކްސިން ޔޫރަޕްގައި އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަންއިންގެ މެޑިސިން ރެގިއުލޭޓާރ EMA އިން އަދި މިހާތަނަށް ދީފައި ނުވިނަމަވެސް، ބެލެވޭ ގޮތުގައި އެ އޭޖެންސީން މާދަމާ މިވެކްސިސް ޔޫރަޕްގައި އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ދޫކުރާނެއެވެ.
ޖަރުމަނުވިލާތުގެ، ސްޓޭންޑިންގ ކޮމިޓީ އޮން ވެކްސިނޭޝަން STIKOއިން މިވެކްސިން އުމުރުން ދުވަސްވީ މީހުންނަށް ތަހުލީލު ކޮށްފައިވާ ކްލިނިކަލް ޓްރަޔަލްތަކުގެ މައުލޫމާތު އާންމު ކޮށްފައިނުވާއިރު، ޖަރުމަނު ވިލާތުގެ ނުފޫޒުގަދަ ދެ މީޑިއާއަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިވެކްސިން، އުމުރުން 65 އަހަރުން މަތީ މީހުންނަށް ބޭނުންކުރުމުގައި ކާމިޔާބުވެފައިވަނީ %10އެވެ.
އެސްޓްރާޒެނެކާގެ މިވެކްސިނާ ގުޅޭގޮތުން ސްޓޭންޑިންގ ކޮމިޓީ އޮން ވެކްސިނޭޝަން STIKOއިން އާންމުކޮށްފައިވާ މިރިޕޯޓު އެސްޓްރާޒެނެކާ ކުންފުނިންނާ އަދި ޖަރުމަނުވިލާތުގެ ހެލްތު މިނިސްޓްރީންވެސް ވަނީ ދޮގުކޮށްފައެވެ.
"ސައްޙަ ނޫން މައުލޫމާތެއް، ކިތަންމެ ވަރަކަށް ތަކުރާރު ކުރިޔަސް ތެދެއް ނުވާނެ،" މިރިޕޯޓު ދޮގުކުރަމުން ޖަރުމަނުވިލާތުގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އެނާ ވިދާޅުވިގޮތުގައި، އެސްޓްރާޒެނެކާގެ ވެކްސިންގެ ތަހުލީލު މަރުހަލާގައި ބައިވެރިވެފައިވާ އުމުރުން ދުވަސްވީ މީހުންގެ އަދަދު އެހެން ކުންފުނިތަކަށްވުރެ މަދުކަމަށާއި، އެހެންނަމަވެސް، މި ވެކްސިންގެ ރައްކާތެރިކަމުގެ ނިސްބަތް އުމުރުން ދުވަސްވީ މީހުންނަށް އުޅޭނީ އެންމެ %8ގައި ކަމަށް ބުނާބުނުމަކީ ދޮގެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ