ހަދީޖާގެ ހާލު ސީރިއަސް، ޓެސްޓުތައް ދަނީ ހަދަމުން: އިދިކޮޅު

ހަދީޖާގެ ހާލު ސީރިއަސް، ޓެސްޓުތައް ދަނީ ހަދަމުން: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
28 ޖެނުއަރީ 2021 08:21
0

އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ކުރި އިޙްތިޖާޖުގެ ތެރެއިން ކޯލިޝަންގެ މެމްބަރު ޚަދީޖާ ޙުސެއިނަށް ފުލުހުން ދީފައިވާ އަނިޔާތަކުގެ ސަބަބުން އޭނާއަށް ބޮޑެތި އަނިޔާތަކެއްލިބި ހާލުސީރިއަސްވެ، ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އިތުރު ޓެސްޓުތައް ހަދަމުންދާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޚަދީޖާ ޙުސެއިނަށް ކޮށްފައިވާ އަނިޔާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ޅިޔަނު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އޯޑަރަށް ފުލުހުން ލައްވާ ހިންގަމުންދާ ޣައިރު ޤާނޫނީ އަދި އަނިޔާވެރި ޢަމަލުތަކުގެ ތެރެއިން ޢުމުރުން ދުވަސްވެފައިވާ ޚަދީޖާ ޙުސެއިން ގެ ބޮލަށާއި ގައިގެ އެކިތަންތަނަށް ކޮށްފައިވާ ބޮޑެތި އަނިޔާތަކުގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވަދެމުންދާ ކަމަށެވެ.

އަދި ހިތުގެ ޓެސްޓާއި ސީޓީ ސްކޭން ހަދާ، ޑޮކްޓަރުންދަނީ ލިބިފައިވާ އަނިޔާތައް ޗެކްކޮށް ޓެސްޓު ކުރަމުން. ޚަބަރު ލިބެނީ ޚަދީޖާގެ ހާލު ސީރިއަސް. މިފުރުސަތުގައި ޚަދީޖާ ޙުސެއިންގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި އަދި އޭނާއަށް އަވަސް ޝިފާއެއް ދެއްވުންއެދި ދުޢާ ކުރަން.

– އިދިކޮޅު ބަޔާނުގައި ވެއެވެ.

ސުލްޙަވެރިކަމާއެކު އިޙްތިޖާޖު ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ޙައްޤުތަކަށްވާއިރު، އިދިކޮޅު ޕާޓީން ސަރުކާރު ޒިއްމާދާރުކޮށް ޖަވާބުދާރީ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ސަރުކާރުން ބާރުގެ ބޭނުންކޮށްގެން ހިންގަމުންދާ ޢަމަލުތަކަކީ ޑިމޮކްރެސީގެ އަސާސްތަކާ ޚިލާފު ވަރަށް ލަދުވެތި ޢަމަލުތަކެއްކަމަށާއި، މިފަދަ ޢަމަލުތައް ހުއްޓާލުމަށް އިދިކޮޅުންވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަތީބު
ޔަހޫދީ އިޒުރޭލު ސިފައިންނަވުރެވެސް މިދިވެހި ޕޮލިހުންގެ ާއނިޔާވެރިކަން ދިވެހިންނައްބޮޑު.ވާނުވާ ބޯންދީފަ އެމީހުން މަގުމައްޗައް ނެރެފަ އެތިބެނީ ދިވެހިން މަރަން.