އެއްވުމުގެ ތެރެއިން އަބްދުއްރަހީމާއި، ޝުޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އެއްވުމުގެ ތެރެއިން އަބްދުއްރަހީމާއި، ޝުޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Author
މުޙައްމަދު ޝަޒައިމް
27 ޖެނުއަރީ 2021 02:18
0

އިދިކޮޅު ކޯލިޝަނުން ދަރުބާރުގޭ ކުރިމަތީގައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި، ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުުން ޝުޖާއާއި، އަބްދުއްރަހީމް ހައްޔަރުކޮށްފައިވަނީ ދަރުބާރުގެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުން އެ އެންގުމަށް އިޖާބަ ނުދިނުމުންނެވެ. މުޒާހަރާގައި އެއްވި މީހުންގެ ތެރެއިން އިދިކޮޅު އިސް ދެބޭފުޅުންގެ އިތުރުން އިތުރު މީހަކުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ދެދުވަހެއް ކުރިން ކުރި އިހުތިޖާޖުގައިވެސް އަބްދުއްރަހީމްއާއި، ޝުޖާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ އެކޯލިޝަންގެ ކައުންސިލުން ނިންމާފައިވާ ސީދާ ހަރަކާތުގެ ތެރެއިން ހިންގަމުްދާ ހަރަކާތްތަކެކެވެ. އެއްވި މީހުން ދަރުބާރުގެ ކައިރިން ފަހަތަށް ޖެއްވުމުން މިހާރު އަނެއްކާވެސް މަގުތަކަށް ނިކުމެ ދަނީ އަޑުފުލަމުންނެވެ. މުޒާހަރާގެ އިސްއަފުގައި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިމްއާއި، ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދުވެސް ދަނީ ބައިވެރިވަމުންނެވެ.

އެއްވިމީހުން ދަނީ މަގުތަކުގައި ވެކްސިން ޖެހުމަށް ދެކޮޅު ހެދުމަށާއި، ވެކްސިންގެ މައުލޫމާތު ހާމަކަން ބޮޑުކޮށް ދިނުމަށް ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.