އިދިކޮޅު ކޯލިޝަނުން ހެލްތު މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލަނީ

އިދިކޮޅު ކޯލިޝަނުން ހެލްތު މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލަނީ

Author
މުޙައްމަދު ޝަޒައިމް
27 ޖެނުއަރީ 2021 01:36
0

އިދިކޮޅު ކޯލިޝަނުން ފަށާފައިވަ ސީދާ ހަރަކާތުގެ ތެރެއިން ހެލްތު މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލަން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީ ކައިރީގައި އިހުތިޖާޖު ކުރާމީހުން އަޑު އުފުލަމުންދަނީ ރާއްޖެއަށް އިންޑިޔާއިން ގެނެސްފައިވާ ވެކްސިން ޖެހުމާއި ދެކޮޅަށާއި، މިނިސްޓްރީން ކުރަމުންދާ މަަސައްކަތް ހާމަކުރުމަށެވެ.

އެއްވިމީހުންވަނީ ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުން ދެކޮޅު ހައްދަވާކަމަށާއި، ވެކްސިންގެ މައުލޫމާތު ދިނުމަށް ގޮވާލާފައެވެ. އިދިކޮޅު އެކްޓިވިސްޓުން ހެލްތު މިނިސްޓްރީ ކުރިމަތީގައި އަޑުއުފުލާއިރު، އިދިކޮޅު އިސްބޭފުޅުން ވަނީ ހެލްތު މިނިސްޓަރާއި ބައްދަލު ކުރުމަށް މަަސައްކަތް ކޮށްފައެެވެ. ނަމަވެސް މިނިސްޓަރ ނަސީމު އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ފުރުސަތު ދެއްވާފައި ނުވެއެވެ.

އެއްވިމީހުން ތިބީ ބޯޑުތަކުގައި ތަފާތު ޝުޢޫރުތައް ލިޔެ ހިފަހައްޓައިގެންނެވެ. އެއްވި މީހުން ދަނީ މިނިސްޓަރ ނަސީމުގެ އިސްތިއުފާ އަށް ގޮވާލައި، ރައްޔިތުންނަށް ޖަވާބުދާރީވުމަށް ގޮވާލާފައެވެ.

އިދިކޮޅު ލީޑަރޝިޕާއި މިނިސްޓަރ ނަސީމް ބައްދަލު ނުކުރެއްވުމުން މިހާރު ލީޑަރޝިޕްގެ ބޭފުޅުންނާއިއެކު އެއްވި މީހުން ދަނީ މާލޭގެ މަގުތަކުގައި އަޑު އުފުލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.