ދުވާފަރު މަގުތަކަށް ނަލަކަށް، ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފި

ދުވާފަރު މަގުތަކަށް ނަލަކަށް، ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފި

Author
މުޙައްމަދު ޝަޒައިމް
27 ޖެނުއަރީ 2021 12:00
0

ރ.ދުވާފަރުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަޝްރޫއު ތެރެއިން ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %90 ނިމިފައިވާއިރު، މި މަޝްރޫޢުގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކުރެއެވެ. އަދި މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާން އަދި ޒީބްރާ ކްރޮސިންގ ނިޝާން ޖެހުމުގެ މަސައްކަތާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ކަމުގައި އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެމްޓީސީން ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދަނީ އެރަށެއްގަ ދިރިއުޅޭ ރައްޔިތުންނާއި، ކްލައިންޓާއި ސްޓޭކްހޯލްޑަރސްގެ އެއްބާރުލުމާއެގައިކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ 14 މަގެއްގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވެއެވެ.

މިމަޝްރޫޢުގެ ދަށުން އެރަށުގައި ފަންސަވީސް ހާސް ފަސްސަތޭކަ ތޭރަ (25513) ކިލޯ މީޓަރު މަގުގައި ތާރު އެޅާފައިވާއިރު، އަދި ޕޭމަންޓްގެ ގޮތުގައި ހަހާސް އަށްސަތޭކަ ތޭރަ (6813) ކިލޯމީޓަރު ވަނީ ހަދާފައެވެ. ދުވާފަރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް އެމްޓީސީސީން ކުރަމުން އަންނަ މަސަކައްތުގެ ތެރެއިން މަގު ބައްތި ޖެހުން ފަދަ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

މި މަސައްކަތަކީ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިން 47.04 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ދުވާފަރު މަގުހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ޖޫން 2019 ގައެވެ. ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫޢުގައި އެރަށު ރައްޔިތުންގެ ފަރާތުންދަނީ ބޮޑު އެއްބާރުލުމެއް ލިބެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.