"ބިގްބޮސް14″ ގެ ބައިވެރިއެއްކަމަށްވާ އީޖާޒް ޚާން "ބިގްބޮސް" ގައި ބައިވެރިވީ ހަމައެކަނި ފައިސާގެ ދަތިކަމުގެ ސަބަބުން ނޫންކަމަށާއި އޭނާގެ ކެރިއަރ ކުރިއެރުވުމަށްވެސްމެ ކަމަށް އޭނާ ބުނެފިއެވެ.
އީޖާޒް ޙާން ބުނިގޮތުގައި ލޮކްޑައުންއަކީ އޭނާއަށް ވަރަށް ދަތި އުނދަގޫ ދުވަސްކޮޅެއްކަމަށާއި އެހެންކަމުން ރިއަލިޓީ ޝޯވގައި ބައިވެރިވުމަށް ނިންމީކަމަށެވެ. އަދި މި ފިޔަވަޅަކީ އޭނާގެ ކެރިއަރ ފަށަން އެޅި ބިންގާކަމުގައި އީޖާޒް ވަނީ ބުނެފައެވެ.
އިންޓަވިއުއެއްގައި އީޖާޒް ވަނީ އޭނާގެ މާލީ ހާލަތާއި ދަތިތަކާ ބެހޭގޮތުންވާހަކަ ދައްކާފައެވެ. އީޖާޒް ބުނިގޮތުގައި ލޮކްޑައުންގައި ކަންތައް ވީގޮތް ހަނދާންކުރަންވެސް ބޭނުންނުވާކަމަށާއި ދިމާވީ ވަރަށް ޗެލެންޖިން ކަންތައްތަކެއް ކަމަށެވެ. ނަމަވެސް އޭނާ ބުނީ "ބިގްބޮސް14″ އާ ގުޅެން ނިންމީ އެސަބަބާއި ހެދި ނޫންކަމަށެވެ.
މިހާރު އީޖާޒް ބިގްބޮސްގެ ގެއިން ކުއްލިއަކަށް ގޮސްފައިވަނީ މުހިންމުކަމެއްގައި ދާންޖެހުމުންނެވެ. ނަމަވެސް އީޖާޒް ވަނީ އަދި އެނބުރި އަންނާނެކަމުގެ ހިންޓެއް ދީފައެވެ. ޝޯވ އިން ވަކިވަމުން އީޖާޒް ބުނެފައިވަނީ ފުރުސަތެއް ލިބިއްޖެއްޔާ އަންނާނަން ކަމަށާއި އޭނާ މިތަނަށް އައީ މޮޅުވާން ކަމަށެވެ.
ނޮވެމްބަރުގައި އީޖާޒް ޚާނަށް ކުރިމަތިވެގެން އުޅޭ ފައިސާގެ ދަތިކަމުގެ ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާގެ އެކައުންޓުގައި ހުރީ 4000 ރުޕީސް ކަމަށާއި އެހެންކަމުން ރައްޓެއްސެއްގެ އަތުން 1.5 ލައްކަ ރުޕީސް ލޯނެއްގެ ގޮތުގައި ނަގަންޖެހުނުކަމަށެވެ.