އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު މުޅި ރާއްޖޭގައި ބޮޑު މުޒާހަރާއަކަށް ނިކުންނަނީ

އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު މުޅި ރާއްޖޭގައި ބޮޑު މުޒާހަރާއަކަށް ނިކުންނަނީ

Author
މުޙައްމަދު ޝަޒައިމް
26 ޖެނުއަރީ 2021 09:15
0

އަދުލު އިންސާފު ހޯދުމަށް ގޮވާލާއި، މުޅި ރާއްޖޭގައި އިދިކޮޅު ކޯލިޝަނުން އަންނަ ހުކުރު ދުވަހު މުޒާހަރާ ކުރުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޮޅިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ސީދާ ހަރަކާތުގެ ތެރެއިން މުޅިރާއްޖޭގައި ބޮޑު މުޒާހަރާއެއް ރާވާފައިވާކަމަށެވެ. މި މުޒާހަރާގެ ބޭނުމަކީ ރާއްޖޭގައި ގެއްލެމުންދާ އިންސާފު ހޯދުމަށާއި، ރައްޔިތުންނަށް ދެމުންދާ އަނިޔާއަށް އިންސާފު ހޯދުމަށް ކުރަމުންދާ ބޮޑު މުޒާހަރާއެއްކަމަށެވެ. މިމުޒާހަރާ ބާއްވަނީ "އިންސާފު ކޮބާ" މިނަމުގައެވެ.

މިއަދު ރާއްޖޭގައި އިންސާފެނެތް. ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދަން ދެއަހަރު ވެގެންދިޔައީ، އިންސާފެއް ހޯދައި ނުދެވުނު. އަންހެންވެރިންގެ އިއްފަތްތެރިކަމަށް އަރައިގަންނަނީ، ފްލެޓްތަކުގެ ހައްގުވެރިން އަތުން ފްލެޓް އަތުލައިގަތީ، އިންސާފެއްނެތް މިއަދު. ރައީސް ޔާމީންގެ ޝަރީއަތް ދިޔަ ގޮތް ހުރިހާ ރައްޔިތުންނަށް ވަރަށް ސާފު، އެމަނިކުފާނަށް އެދަނީ ނުހައްގުން އެތަކެއް އަނިޔާއެއްދެމުން.

– ޝިޔާމް ވިދާޅުވިއެވެ.

މިމުޒާހަރާ މާލޭގައި ފެށުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުކައިރިންނެވެ. އަދި ނިންމާލުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ކުރިމައްޗަށެވެ. މި ޕްރެސްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ މި މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއްކަމަށާއި، މުޒާހަރާއާއި ގުޅުންހުރި މައުލޫމާތު މާދަމާ ސަލާމަރީ ބާރުތަކާއި ހިއްސާ ކުރާނެކަމަށެވެ.

މުޒާހަރާއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަތޮޅުތެރޭގައި މިހަރަކާތް އިންތިޒާމު ކުރާ ކުރީފެ ފެނަކަ އެމްޑީ މުހައްމަދު ނިމާލް ވިދާޅުވީ މި މުޒާހަރާ ހުކުރު ދުވަހު މުޅި ރާއްޖޭގެ މޮނިޓަރިންގައި ނެތް ހުރިހާ ރަށެއްގައި އޮންނާނެކަމަށެވެ. މި މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ނިކުރުމަކީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެދޭކަމެއްކަމަށް ނިމާލު ވިދާޅުވިއެވެ.

މި މުޒާހަރާއަކީ ސުލްހަވެރިކަމާއިއެކު ބާއްވާ މުޒާހަރާއަކަށްވާއިރު، މިމުހަރާ ބާއްވާނީ ކަމާއިބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން ކަމަށާއި، އެކަން މިފަހަރުގެ މުޒާހަރާއަށް ނިކުތުމުގެ ކުރިންވެސް ކަށަވަރު ކުރާނެކަމަށް ޕީޕީއެމްގެ ނާއިބް ރައީސް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.