މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެެއިން އެތައްބަޔަކު ބޯހިޔާވަހިކަން ނުލިބި ދަތިހާލުގައި ތިބިކަމުގެ ޝަކުވާ ބޮޑުވެ މިމައްސަލައަށް ހައްލެއް ހޯދުމަށް އެކަށީގެންވާ މަަސައްކަތްތަކެއް ނުކުރާކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.
މާލޭގައި ދަތި ހާލުގައި އުޅޭ މީހުން އުޅެމުންދާ ގޮތާއި، ދިރިއުޅޭ ތަނުގެ ފޮޓޯއާއި ވީޑިއޯ އާންމުންނާއި ހަމަޔަށް ގެނެސްދީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްދިނުމުގައި "ކޮތަރު ކޮށި" ނަމުގައި ވުޖޫދުވި "އާއްމުންގެ އެކުވެރި ގުޅުން" ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ޖަމްއިއްޔާގެ މެމްބަރުންގެ މަސައްކަތުން މާލޭގައި އިންސާނުން އުޅެން އެކަށީގެންނުވާ ތަންތަނުގައި ދިރިއުޅޭ އެތައް އާއިލާއެއްގެ މައުލޫމާތު ދަނީ ސޯޝަލް މީޑިޔާއަށް ދޫކޮށްލަމުންނެވެ. މި ފޮޓޯތަކާއި މަންޒަރުތައް ފެނި އެތައްބަޔަކަށް ފުން އަސަރުތަކެއް ކުރުވާއިރު، މިކަމުގައި ކަމާއިބެހޭ ފަރާތްތަކަށްވެސް ކޮންމެވެސް ވަރެއްގެ ސަމާލުކަމެއް އައިސްފައިވާކަމަށް ޖަމްއިއްޔާން ވަނީ ބުނެފައެވެ.
އަޅުގަނޑުމެން ސްޓޯރީ ކަވާ ކުރާ ގެތަކުގެ ޝަކުވާއަށް ފްލެޓު ކޮމެޓީން ޖަވާބު ދޭން ފަށައިފި. އެންމެނަށް ފޮނުވަނީ އެއް ޖަވާބެއް. ޖަވާބުގައި ވަނީ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިނީ އެކަން ބަލަން ގެއަށް ދިޔަ މީހުން ދިން މައުލޫމާތަށް ބިނާކޮށް ކަމަށް. އެދިޔައީ ކޮން ބައެއްކަން، ޕޮއިންޓު ދިނީ ކިހިނެއްކަން ނޭނގޭ. އެމީހުން އެކައުންޓަބުލް ކުރާނެ ގޮތެއް ނެތް. ހުދު ފްލެޓު ކޮމެޓީ މެންބަރުންނަކީ ކޮބައިކަންވެސް އަދި ނޭނގޭ.
– އާއްމުންގެ އެކުވެރި ގުޅުން ބުނެފައިވެއެވެ.
މާލޭގައި ބޯހިޔާވަހިކަން ނުލިބި ދަތިހާލުގައި ދިރިއުޅޭ އާއިތަކުގެ ތެރެއިން އާއްމުންގެ އެކުވެރި ގުޅުމުން ދިރިއުޅުމުގެ ހާލަތު ދައްކުވައިދިން ބައެއް އާއިލާތަކުގެ ތެރެއިން "ހައްވައްތަގެ ކޮތަރުކޮށި" ނޫނީ ހައްވައްތަ ދިރިއުޅޭތަން ވަނީ ދައްކާލާފައެވެ. ފޮޓޯއާއި ވީޑިއޯއިން އާންމުންނާއި ހަމަޔަށް މި މަންޒަރުތައް ފެނުމުން މިމީހާއަށް ނޫނީ މިއާއިލާއަށް ސަރުކާރުން ފްލެޓް ހައްގު ނުވާންވީ ސަބަބެއް ވިސްނޭނެ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެވެ.
ހައްވައްތަ ބުނެފައިވަނީ އެގެޔަށް ސިޔަސީ އެކި ބޭފުޅުން ގޮސް ފޮޓޯއާއި ވީޑިއޯނަގައި ހެދިކަމަށެވެ. އަދި ދާއިރާއަށް އިންތިޚާބުވި މެމްބަރުވެސް އިންތިޚާބު ދުވަސްވަރުއައިސް ފޮޓޯނަގައި ހެދިކަމަށެވެ. ހައްވައްތައަށް ޝަރުތުހަމަނުވާކަމަށްބުނެ ފްލެޓް އަތުލާފައިވާއިރު، ފްލެޓް އަތުލި ސަބަބެއްވެސް އެގޭކަށްނެތެވެ.
ހައްވައްތަގެ ކޮތަރުކޮށި !
ހަފްތާއެއް ކުރިން އަޅުގަނޑަށް ފޯނު ކޯލެއް އައެވެ.
"އައްސަލާމް އަލައިކުމް، މިއީ ކޮތަރުކޮށިން ހައްވައްތަ، މިގެއަށް ޕީޕީއެމް މީހުން އައި، މުއިޒު އައި، އެމްޑީޕީ މީހުން އައިސް ފޮޓޯ ނެގި، އެހެނަސް ފްލެޓު ކޮމެޓީން އައިސް ބަލާފައި pic.twitter.com/fNezORTYpG
— Commoners Friendship Association (@AEG_Mv) January 17, 2021
ހައްވައްތަފަދަ ދަތި ހާލަތުގައި އުޅޭ އެތައް އާއިލާއެއްގެ މަންޒަރު ސޯޝަލްމީޑިޔާއަށް މި ޖަމްއިއްޔާއިން ހިއްސާކުރުމަކީ ސަރުކާރަށްވެސް އަދި ކަމާއިގުޅުންހުރި ފަރާތްތަކަށްވެސް އަދި އާންމު ރައްޔިތުންނަށްވެސް، ބޯހިޔާވަހިކަމުގެ ދަތި ހާލުގައި ތިބިމީހުންގެ ދިރިއުޅުން ވަރަށް ގާތުން ފެނި މިކަމުގެ ސަމާލުކަން ހުއްޓޭކަމެކެވެ. ނަމަވެސް މިކަމުގެ ހައްލު ގެނެސްދިނުމަށް ކަމާއިގުޅުންހުރި ފަރާތްތަކުން އެކަށީގެންވާ މަސައްކަޔް ނުކުރާކަމީ މިއަދުވެސް އޮތް އެންމެބޮޑު ކަންބޮޑުވުމެވެ.

ފްލެޓުތަކުގެ ހައްގުވެރިންނަށް ފަލެޓް ނުލިބި ބޯހިޔާވަހިކަމަށް އާދޭސްކުރަމުންދާއިރު، މިވެސް އިންތިޚާބަށް އަޅުވާއަދުނަކަށް މިވަނީ ވެފައެވެ. ފްލެޓްތައް ނިމި ތިން މަހުން ތިންމަހުން ފްލެޓްތަކުގެ ކުލަބަދަލު ކުރާއިރު އެތަންތަނަށް މީހުން ވެއްދުމަށް ހަރުދަނާ މަސައްކަތެއް ކުރެވޭތަނެއް ނުފެނެއެވެ. ގިނަ ބަޔަކު ބުނަމުންދަނީ ފްލެޓް ދިނުމަށް ސަރުކާރުން މަޑުކުރަމުންދަނީ ކައުންސިލް އިންތިޚާބު އިއުލާންކުރަންދެން ކަމަށެވެ.
ކޮމެންޓު ފޮނުވާ