އިސްދޫ ބަނދަރުގެ ދެބައިކޮށްފައެއްބައި މަސައްކަތް ނިންމާލައިފި

އިސްދޫ ބަނދަރުގެ ދެބައިކޮށްފައެއްބައި މަސައްކަތް ނިންމާލައިފި

Author
މުޙައްމަދު ޝަޒައިމް
26 ޖެނުއަރީ 2021 09:16
0

ލ.އިސްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމި، ބަނަދުރުގެ ދެބައިކޮށްފަ އެއްބައި މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނެފައިވަނީ ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާކަމަށެވެ. މިމަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައިވާއިރު، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ %45 ވަނީ ނިމިފައިވާކަމަށެވެ.

އިސްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫޢަށް 34 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢު ދަށުން އިސްދޫގައި 160 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށްޓެއް ލުމާއި، 48 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމުގެ އިތުރުން 98 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރު ފުން ކުރުމާއި، ނެރު ފުންކުރުމާއި، ނެރުބައްތި ހަރުކުރުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި، ބަނދަރާއި އިންވެގެން ޕޭވްމަންޓް މަގެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.