މިއީ ޤާނޫނީ އިމުގެ ތެރެއިން ވެރިކަން ވައްޓާލުމުގެ ފެށުން: ސައީދު

މިއީ ޤާނޫނީ އިމުގެ ތެރެއިން ވެރިކަން ވައްޓާލުމުގެ ފެށުން: ސައީދު

Author
މުޙައްމަދު ޝަޒައިމް
25 ޖެނުއަރީ 2021 05:08
0

މިއަދު އިކޮޅު ފަރާތްތަކުން މާލޭގައި ސުލްހަވެރިކަމާއިއެކު ކުރި އިހުތިޖާޖު ރޫޅާލައި، އެތައް ބަޔަކު ހައްޔަރު ކުރިކުރުމަކީ މިސަރުކާރު މަގުމަތިން ބަދަލުކުރުމުގެ ފެށުންކަމުގައި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކުރި އިޚްތިޖާޖުގައި އިދިކޮޅު ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނާއިބްރައީސް އިބްރާހިމް ޝުޖާއާއިއެކު 24 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އިދިކޮޅު އިސްބޭފުޅުން ހައްޔަރުކުރުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިއީ ވެރިކަން ބަދަލު ކުރުމަށް ޤާނޫނީ އިމުގެ ތެރެއިން ކުރާ މަސައްކަތުގެ ފަށުންކަމަށެވެ. މަގުތަމީގައި އިހުތިޖާޖު ކުރުމާއި ޝުޢޫރު ފާޅުކުރުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިފައިވާ ހައްގަކަށްވާއިރު އެހައްގުން ދިވެހި ރައްޔިތުން މަހުރޫމު ކުރުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ.

މިއީ އަޅުގަނޑު ދަންނަވާނީ މިސަރުކާރު މަގުމަތިން ވައްޓާލުމަށްޓައި ޤާނޫނީ އިމުގެ ތެރެއިން އަޅުގަނޑުމެން ކުރާ މަސައްކަތުގެ ފަށުން. މިކަން އަޅުގަނޑުމެން ނުހުއްޓާނަން. މިއީ އަދި ފެށުމެއް. ކުރިއަށް އޮތް ތަނުގައި މިއަށްވުރެ މާވަރުގަދަޔަށް އަޅުގަނޑުމެން މި ހަރަކާތްތައް ކުރިއަށް ގެންދާނަން.

– ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަކީ ޤާނޫނު އަސާސީން ލިބިފައިވާ ހައްގަކަށްވާއިރު އެހައްގު ނިގުޅައިގަނެ، ސަލާމަތީ ބާރުތައް މެދުވެރިކޮށް އަނިޔާކުރުމަކީ ޤާނޫނާއި ޚިލާފަށް ކުރެވޭ ކަމެއްކަމަށެވެ. އެތައް ބައިވަރު ފުލުހުންނެރެ ދިވެހި ރައްޔިތުންނަށް އަނިޔާކުރުމަކީ ޤާނޫނީ އިމުގެ ތެރެއިން ލިބިގެންވާ ހައްގެއްނޫންކަމަށް ސައީދު ވިދާޅުވިއެވެ.

ފުލުހުން ވަނީ ފުލުސް އޮފީސް ކައިރީގައި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުންވެސް އެސަރަހައްދުންވެސް އެއްވި މީހުން ފަހަތައް ޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.