ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓް ވެރިޔަކަށް ހޫދު

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓް ވެރިޔަކަށް ހޫދު

Author
މުޙައްމަދު ޝަޒައިމް
25 ޖެނުއަރީ 2021 02:31
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތައް އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދާ މިއަދު ޙަވާލުކުރައްވައިފިއެވެ.

މި ބަދަލާއި ގުޅިގެން، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ އިބްރާހީމް ހޫދުގެ ބެއްލެވުމުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަޤާމު ފުރުއްވަމުން ގެންދެވި ޙަސަން އިސްމާޢީލް، އެ މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޙަސަން އިސްމާޢީލް އެ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ 2021 ޖަނަވަރީ 24 ވަނަ ދުވަހުއެވެ.

ހަސަން އިސްމާއިލް ރޭ އިސްތިއުފާ ދެއްވާފައި ވާއިރު، ރައީސް އޮފީހުގެ މީޑިއާ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހިމް ހޫދުގެ ބަދަލުގައި ތަރުޖަމާނަކަށް މުހައްމަދު މަބުރޫކް އަޒީޒް ވަނީ މިމަހުގެ ފުރަތަމަ ދުވަހުންވެށިގެން ހަމަޖައްސަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.