61 ކިލޯގެ ޑްރަގްސް އެތެރެކުރި މައްސަލާގައި އިސްކޮށް އުޅުނު މީހާގެ މައްސަލަ އިސްތިއުނާފުކުރަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން މިއަދު ނިންމައިފިއެވެ.
އޭޖީ އޮފީހުން ވިދާޅުވީ އިރުއަލިމަސް ނަމަކަށް ކިޔާ ދޯންޏެއްގައި ބަރުދަނުގައި ގާތްގަނޑަކަށް 61 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި މއ. ބޮއިލިންގފިޝް، އަޙްމަދު ވިސާމް ބަންދުން ދޫކޮށްލުމަށް 24 ޖަނަވަރީ 2021 ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމައިފައިވާކަމަށެވެ.
މިމައްސަލައިގައިއަޙްމަދު ވިސާމްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
މި މައްސަލާގައި ވިސާމްގެ އިތުރުން 11 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ ކޮށްފައިވާނެ. މި މީހުންގެ ތެރެއިން ވިސާމް ފިޔަވައި ދެންތިބި މީހުން ތިބީ ޝަރީޢަތް ނިމެންދެން ބަންދުގައި. ވިސާމްއަކީ މި ނެޓްވޯކްގެ އެންމެ އިސް ފަރާތްކަމަށާއި، މި ކުށުގެ ޢަމަލު ހިނގުމުގައި އެންމެ އިސްކޮށްހުރީ އަޙްމަދު ވިސާމްކަމަށް އިންޓެލިޖެންސްއަށް މަޢުލޫމާތު ލިބިފައިވެވެ.
ވިސާމް ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ނެރެފައިވާ އަމުރު ރިވިއުކުރަން ގެންދިއުމުންނެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައި ވަނީ ކަރެކްޝަނަލް ސާވިސްގެ ފަރާތުން އޭނާއަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ދީފައި ނުވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ