އިންޑިޔާއިން ދިވެހި ރާއްޖެއަށް ކަޑައަޅާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު ދިރިއުޅުއްވާ ގެކޮޅު ކުރިމަތީގައި އާންމުންގެ ބަޔަކު މުޒާހަރާ ކުރަމުން އެކަން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ފާޑުވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރު އިންޑިޔާގެ ސަފީރު ދިރިއުޅުއްވާ ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ އެޕާޓްމެންޓު ކުރިމަތިމަތީގައި 50 އަކަށް މީހުން އެއްވެގެން ކުރި މުޒާހަރާގައި ގޮވާލަމުން ދަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭލުމެވެ. އަދި "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތަކެއް ވެސް މުޒާހަރާގެ ބައިވެރިން ގެން ގުޅެފައިވެއެވެ.
މި އެއްވުމާއި ގުޅިގެން ވަހީދު ވިދާޅުވީ މިއީ ވަރަށް ދެރަވަރު ކަންތައްތަކެއް ކަމަށެވެ. އަދި އެންމެ ހުތުރުމަކީ މިފަދަ ކަންކަން ކުރުވާ ބޮޑުން ފިލައިތިބުންކަމަށް ވަހީދު ވިދާޅުވިއެވެ.
މިއީ ވަރަށް ދަށްފެންވަރު ކަންކަން. އެންމެ ހުތުރު ކަމަކީ މިފަދަ ކަންކަން ކުރުވާ ބޮޑުން ފިލާތިބޭތީ. ލޮކްޑައުން ތެރޭ ނުކުމެ ފުލުހުން ގަޔަށް ހައްޕުނޑު ޖަހާފައި ރެކިގަތް ގޮތަށް، މިކަންވެސް ދެން އެންމެފަހުން އާދައިގެ މެމްބަރުން ބޮލަށްތޯ ކަނޑާލާނީ؟
– ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގައިތިބި އިންޑިޔާ ސިފައިން ބޭލުމަށާއި، އިންޑިޔާއާއި ދެކޮޅަށް ވަރުގަދަ ކެންޕެއިނެއް ސޯޝަލް މީޑިޔާގައި މީގެ ދުވަސްކޮޅެއް ކުރިން ކޮށްފައިވެއެވެ. 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ 3 ސަރަހަައްދެއްގައި 200 ވުރެ ގިނަ އިންޑިޔާ ސިފައިން އެބަ ތިބިކަމަށެވެ.
ކޮމެންޓު ފޮނުވާ