ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚު މާދަމާ އިއުލާންކުރަނީ

ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚު މާދަމާ އިއުލާންކުރަނީ

Author
މުޙައްމަދު ޝަޒައިމް
25 ޖެނުއަރީ 2021 10:12
0

ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ނަމަވެސް ކައުންސިލް އިންތިޚާބު ބޭއްވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހުތަކާއިއެކު އިންތިޚާބު ބާއްވާނެ ތާރީޚު މާދަމާ އިއުލާން ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ފަސްކުރަންޖެހުނު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއިއެކު އިންތިޚާބު ބާއްވާނެ ތާރީޚެއް މާދަމާ ކަނޑައަޅާނެ ކަމުގައި އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުންދާއިރު، މި އިންތިޚާބު ބޭއްވުމަށްޓަކައި އެންމެފެހުން ބޭއްވުނު އިލެކްޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގައިވަނީ އިންތިޚާބު އިތުރަށް ފަސްކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ.

އަދި އިންތިޚާބު އޭޕްރީމް މަހުގެ 3 ވަނަ ދުވަހު ނޫނީ އޭޕްރީލް 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. މި ތާރީޚުތަކަށް ޤައުމީ ލަފާދޭ ކޮމިޓީން ތާއީދު ކުރާއިރު، ކަންބޮޑުވުންތަކެއްވެސް ވަނީ ފާޅުކޮށްފައެވެ. އެގޮތުން މިތަރީހުގައި އިންތިޚާބު ބާއްވާއިރު، ޤަނޫނީ ގޮތުން އިންތިޚާބު ބާއްވަން ކެންޕެއިން ކުރުމާއި، އިލެކްޝަން އޮފިޝަލުން ތަމްރީން ކުރުމާއި، އެނޫންވެސް ހުރި ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފައެވެ.

މިބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް ވަނީ ކޯވިޑްގެ ވެކްސިން ރާޖެއަށް ގެނެސް ވެކްސިންގެ މަރުހަލާތައް މިހާރު ރޭވިފައިވާގޮތުން ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ދިނުމަށްފަހު އިންތިޚާބު ޖޫންމަހު ބޭއްވުމަށް ޕާޓީތަކުން ވިސްނުމަަށް އެދިވަޑައިގެނަފައެވެ. އިންތިޚާބު ބޭއްވުމަށް ގިނަ ގޮންޖެހުންތަކެއް ހުރިއިރު، އެޗްޕީއޭއިން އެކުލަވާލަންޖެހޭ ފައިނަލް ގައިޑްލައިން މިހަފްތާގައި އާންމުކުރާނެއެވެ.

އިންތިޚާބު މެއި މަހުގެ 10 ގެ ކުރިން ނުބޭއްވޭނެ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެކަން 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހެއެވެ. އިންތިޚާބާއި ގުޅޭ ޚާއްޞަ ޤާނޫނަށް އިޞްލާހު ގެނެސްފައި މިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރީ ކޯވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅި ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެކަން ކަށަވަރުވުމާއެކު މިހާރު ވަނީ އައު ތާރީޚެއް ކަނޑައަޅައި އެ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައެވެ. އެގޮތުން މިމަސް ނިމުމުގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނެސް ޢަމަލުކުރަންފެށިއްޖެނަމަ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވިދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.