އިތުރު 5 ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފަށައިފި

އިތުރު 5 ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
24 ޖެނުއަރީ 2021 06:13
0

ހައިކޯޓުގެ 4 ފަނޑިޔާރަކާއިއެކު އިތުރު، 5 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަކެއް ބަލަން ފަށައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ވިދާޅުވީ ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ތަޙްޤީޤުކުރުމަށް ކޮމިޝަނުން ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވަނީ ހައިކޯޓުގެ 4 ފަނޑިޔާރެއްގެ މައްސަލައާއި، ދ.މީދޫ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެވެ.

ހައިކޯޓުގެ 4 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ ފަނޑިޔާރުންގެ ޤާނޫނާއި ޚިލާފަށް ޢިނާޔަތެއް ލިބިގަނެ ބަލައިގަތްކަމަށް ބުނާ މައްސަލައެވެ. މި މައްސަލާގައި ތަހުގީގް ކުރަމުންދަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުއްރައޫފު އިބްރާހީމްއާއި އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަދި އަލްއުސްތާޛް ޢަލީ ސަމީރުގެ މައްސަލައެވެ. މިމައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގައި ހިމަނާފައިވަނީ ކޮމިޝަނުން ތަޙްޤީޤުކުރާ ސުލޫކީ މައްސަލަތަކުގެ ތަޙްޤީޤުތަކަށް ކޮމިޝަނުން ބޭރުން ނަގާފައިވާ ބޭފުޅުން ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

ހައިކޯޓުގެ ފަޑިޔާރުގެ ތެރެއިން ޖޭއެސްސީން މައްސަލަ ބަލަމުންދާ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބޭއްވެވި ޝަރީޢަތުގެ މަޖްލިހެއް ނިމުނީކަމަށް ޢިއުލާންކުރެއްވުމަށްފަހު، މައްސަލައިގައި ހިމެނޭ ޚަސްމަކާ ވަކިން ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލައެވެ.

ދ.މީދޫ މެޖިސްޓްރޭޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ ޝަފީޤާއި ގުޅޭގޮތުން ބަލަމުންދަނީދ ދ.މީދޫ ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއަކާ ގުޅިގެން ހައްޔަރުގައި ހުރި މީހެއްގެ ބަންދު މުރާޖަޢާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވުމުން އެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި އަހަރު ދުވަސް ވެފައިވުމާއި، އަދި އެ ޤަޟިއްޔާގައި އަޑުއެހުންތައް ފަށައި ނުގަނެ އެކަށީގެންވާ މިންވަރަށް ދިގުމުއްދަތެއްވެފައިވާތީ، މިއީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި އިޙުމާލުވުންކަމަށް ބުނާ މައްސަލައެވެ.

ޖޭއެސްސީންދަނީ ގިނަ އަދަދެއްގެ ފަނޑިޔާރުގެ ސުލޫކީ މައްސަލަ ބަލައި ގިނަ ފަނޑިޔާރުންތަކެއް މަޤާމުން ވަކިކޮށް ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.