ކޯވިޑް19 ގައި އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް މައުލޫމާތު ލބިފައިވެއެވެ. މިއާއިއެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 51 އަށް އަރާފައެވެ.
ރާއްޖެއިން އެންމެ ފަހުން ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. އެއީ ޢުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވަނީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ. އަދި މިވަގުތު 1،015 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 77 މީހުންނަށެވެ.
ކޯވިޑްގެ ނުރައްކާތެރިކަން އިތުރުވަމުންދާއިރު، ވެކްސިން ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އިންޑިޔާގެ އެހީގައި ރާއްޖެއަށް ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ