އިސްލާމީ މަރުކަޒުގައި ބަރަހަނާވި މީހާ ޤައުމަށް ފޮނުވާލަނީ

އިސްލާމީ މަރުކަޒުގައި ބަރަހަނާވި މީހާ ޤައުމަށް ފޮނުވާލަނީ

Author
މުޙައްމަދު ޖިމީ
23 ޖެނުއަރީ 2021 11:45
0

އިސްލާމީ މަރުކަޒަށް ވަދެ ބަރަހަނާވި ބަނގްލަދޭޝް މީހާ ޤައުމަށް ފޮނުވާލަން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒަށް ވަދެ ބަރަހަނާވި މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ މިހާރު ދޫކޮށްލާފައިވާއިރު، އެމީހާ ޤައުމަށް ފޮނުވާލުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ބަރަހަނާ ހާލުގައި އިސްލާމީ މަރުކަޒަށް ވަން ބިދޭސީއެއް ހައްޔަރުކޮށްފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު އެ ބިދޭސީ މީހާ މިސްކިތަށް ވަދެ އަޑުގަދަ ކުރުމުން މިސްކިތުގައި ތިބި ބަޔަކު އޭނާ ބޭރަށް ނެރުނެވެ. އޭނާ އެއިރު ހުރީ ސޯޓެއް ލައިގެންނެވެ. ނަމަވެސް ފަހުން އަނެއްކާވެސް އޭނާ ބަރަހަނާ ހާލުގައިހުރެ މިސްކިތަށްވަދެ މިސްކިތުގެ ބައެއް ތަކެއްޗަށް ގެއްލުން ދީފައިވާކަމަށް މަންޒަރުދުށް ބައެއް މީހުން ކިޔައިދިނެވެ.

ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.