އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުކުމަކީ ނާއިސާފު ހުކުމެއްކަމަށާއި، އެމަނިކުފާނަށް ނުހައްގުން ދެމުންދާ އަނިޔާތަކާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ސީދާ ހަރަކާތަށް ނިކުމަށް މަޝްވަރާ ކުރަން ފަށާއިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާރު ކުރިއަށްދާ ކުއްލި ކައުންސިލް ބައްދަލުވުމުގައި ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޤަރާރު ކައުންސިލަސް ހުށަހަޅައި، ބަހުސްގެ މަރުހަލާ ފަށާފައެވެ. ރިޔާސަރުން ހުށަހެޅި ޤަރާރަށް11:30 އާއި ހަމަޔަށް ބަހުސް ކުރުމަށް ވަނީ ހުޅުވާލާފައެވެ.
ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވާ މެމްބަރުންވަނީ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލާފައެވެ. އަދި ރައީސް ޔާމީނަށް ކުރެއްވި ހުކުމަކީ ނާއިންސާފު ހުކުމެއްކަން މައްސަލަ ބެއްލެވި ފަޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރެއްގެ ރައުޔުން އެގެން އޮވެ، ހެކިބަސްދީފައިވާ މީހުންނަކީ ފާސިގުންކަމަށް ބުނެފައިވާއިރު، މިހުކުމް ސައްހަވާނެ ގޮތެއް ނެތެކަމަށް މެމްބަރުންވަނީ ވިދާޅުވެފައެވެ.
މީގެކުރިންވެސް އެމްޑީޕީން ކުރިވެރިކަމުގައި އޭރުގެ ސަރުކާރާއި ދެކޮޅަށް މަގުތަކަށް ނިކުންނަން ޖެހުނީވެސް ޝާރުޢީ ދާއިރާއަށް އޭރުގެ ސަރުކާރުން ދެމުންދިޔަ ހަމަލާތަކުގެ ސަބަބުންކަމަށާއި، މިއަދުވެސް މިފެންނަނީ ހަމަ އެމަންޒަރުކަމަށް ވާހަކަ ދެއްކެވި މެމްބަރުންވަނީ ވިދާޅުވެފައެވެ. މެމްބަރުންގެ ވާހަކަތަކަށްފަހު ކައުންސިލުން މިއަދު މިޤަރާރަށް ވޯޓަށް އެހިގެންދާނެކަމަށް ކައުންސިލުގެ ރިޔާސަރުވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ