ވައްކަމަށް އޮތް ވެކްސިނަކީ އަތް ކެޑުން: ޝައިޚު ޒައިދު

ވައްކަމަށް އޮތް ވެކްސިނަކީ އަތް ކެޑުން: ޝައިޚު ޒައިދު

Author
މުޙައްމަދު ޝަޒައިމް
22 ޖެނުއަރީ 2021 01:45
0

ވައްކަމަށް އޮތް ވެކްސިނަކީ އަތް ކެޑުން ކަމުގައި ދީނީ ޢިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު މިފަދައިން ވިދާޅުވެފައިވަނީ މިއަދުގެ ހުކުރު ހުތުބާގައި ވައްކަމާއި ފޭރުމަކީ، މުޖްތަމު ފަސާދަކޮށް ނެެތިކޮށްލާ ވަބާއެއް ކަމަށާއި، މި ބައްޔަށް ދޭނެ ވެކްސިން ހޯދުމަށް މުޖްތަމައުތައް ނާގާބިލުވެފައިވާ ކަމަށް ހުތުބާގައި ވިދާޅުވުމާއި ގުޅިގެން އެކަމުގެ މައްޗަށް އިޝާރާތްކޮށެވެ. ޝައިޚު ވިދާޅުވީ ވައްކަން ކުރާ މީހާގެ އަތް ކެނޑުމަކީ މިކަމަށް އޮތް ވެކްސިންކަން ހާމަވެ އެގެނީ އެކަން 7 އުޑުމަތިން ބާވައި ލެއްވުމުންކަމަށެވެ. މިއަދު އެ ވެކްސިން ދޫކޮށް އަމިއްލަ ގޮތްތަކެއް ހޯދުމަކީ މިކަމަށް ހައްލު ލިބޭނެ ކަމެއްނޫންކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

ވައްކަމަށް އޮތް ވެކްސިނަކީ އަތް ކެޑުން! އެ ހުކުމް އައީ 7 އުޑުމަތިން! އެ ވެކްސިން ދޫކޮށް، އެމިއްލަ ގޮތް ތަކެއް ހެދިޔަސް އެއްވެއް ހައްލެއް ނުލިބޭނެ! ކްރައިމްތައް ހުއްޓުވޭނީ އިލާހީ ޤާނޫނަށް ބޯ ލަބައިގެން! ހުރިހާކަމެއްގެ ހައްލު އޮތީ ފޮތެއްގައި ބާވައިލައްވާފަ! މައްސަލަ އޮތީ އަޅުގަނޑުމެންގެ.

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެފައި ވަނީ ހަލާލު ގޮތުގައި މުދާ ޙޯދުމުގެ މުހިންމު ކަމަށާއި، އަދި ހަލާލު ނޫން މުދާ ހޯދުމުގެ ނުބައި ކަމާއި މެދުގައެވެ. ޚުތުބާގައި ވިދާޅުވެެފައި ވަނީ، ވައްކަމާއި، މަކަރާއި ހީލަތް، އަދި ފޭރުމުން އާންމުންގެ އަދި ދައުލަތުގެެ މުދަލަށް އަރައިގަތުމަކީ ދިވެހި މުޖްތަމައުގެެ ތެރޭގައި އޮތް އިޖްތިމާއީ ބަލިމަޑުކަމެއް ކަމަށެވެ. މި ވަބާގެެ ސަަބަބުން ގެއްލިގެެން ދަނީ ހަމައެކަނި އާންމުންގެެ މުދާ ނޫން ކަމަށާއި، ދައުލަތުގެ މުއައްސަސާތަކާއި އޮފީސް އަދި ވިޔަފާރިތަކާއި ކުންފުނިތަކަށްވެސް މިކަމުގެ ސަބަބުން ބޮޑެެތި ގެެއްލުންތަކެއް ލިބެެމުން އަންނަ ކަމަށް ޙުތުބާގައި ވަނީ ވިދާޅުވެެފައެވެެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވައްކަމާއި ފޭރުމުގެ މައްސަލަތަކީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ މުޖުތަމައުގައި އޮތް ވަރަށް ނޭދެވޭ އަމަލެކެވެ. އެގޮތުން މިދިޔަ އަހަރުގެ ވައްކަމުގެ 3581 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، ބިރުދައްކައިގެން ފައިސާ ފޭރުމުގެ 11 މައްސަލައެއް މިދިޔަ އަހަރު ވަނީ ހުށަހެޅިފައެވެ. އަދި ހަތިޔާރު ބޭނުންކޮށްގެން ފައިސާ ފޭރުމުގެ 9 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.