ޔޯގާކީ އިސްލާމްދީނުގައިވާ އެއްކައުވަންތަ ކަމުގެ އަސާސާއި، ފުށުއަރާ އެތައްކަމެއް އެކުލެވޭކަމެއް: ޒައިދު

ޔޯގާކީ އިސްލާމްދީނުގައިވާ އެއްކައުވަންތަ ކަމުގެ އަސާސާއި، ފުށުއަރާ އެތައްކަމެއް އެކުލެވޭކަމެއް: ޒައިދު

Author
މުޙައްމަދު ޝަޒައިމް
22 ޖެނުއަރީ 2021 11:00
0

ޔޯގާ އަކީ އިރަށް އަޅުކަން ކުރުމާއި އިސްލާމްދީނުގެވާ އެއްކައުނަވަންތަ ކަމުގެ އަސާސާއި، ފުށުއަރާ އެތަކެއްބަސް ތަކާއިއެކު ކުރާ ކަމެއްކަމުގައި ދީދީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލާއި އިންޑިއަން ކަލްޗުރަލް ސެންޓަރާއި ގުޅިގެން މާލޭ ލޮނުޒިޔާރަތް ޕާކުގައި ޔޯގާ ސެޝަންތަކެއް ވަނީ ކުރިއަށް ގެންދަން ފަށާފައެވެ.  މި ޝެޝަންތައް ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޯމަ ދުވަހު ކުރިއަށް ގެންދާނެއެވެ. އެ ސެޝަންތައް މި ދެ ދުވަހުގެ ހެނދުނު 06:00 އިން 07:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ސެޝަންތައް އޮންނަ ދުވަހުގެ އެގަޑިއަށް ޔޯގާ މެޓާއި ފެނފުޅި ހިފައިގެން ދިއުުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. ފެންފުޅި ގެންދާއިިރު ޕްލާސްޓިކް ފެންފުޅި ނުގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ސެޝަންތަކުގައި ބައއިވެރިވުމަށް ވަކިި އުމުރުފުރައެއް ޖިންސެއް ނެތް ގޮތަށް ވަނީ ހުޅުވާލާފައެވެެ.

މިކަމާއި ގުޅިގެން ޝައިޚު އަލީ ޒައިދު ވިދާޅުވީ ކާފިރުން ކުރާހާ ހުރިހާ ކަމެއް މުސްލިމުންނަށް ކުރެވޭނެ ގޮތެއް ނޯންނަކަމަށެވެ. ޔޯގާ އަކީ އޭގައި އިސްލާމްދީނުގައިވާ އެއްކައުވަންތަކަމުގެ އަސާސާއި ޚިލާފް އެތައް ކަމެއްއެކުލެވޭ ކަމަކަށްވާއިރު، މިފަދަ ކަންކަން ކުރުމުގައި ދިވެހި ރައްޔިތުން ވިސްނަން ޖެހޭކަމަށެވެ.

ޔޯގާއަކީ ހަމައެކަނި ފިޒިކަލީ ކޮށްލާ ކަސްރަތެއް ނޫނެވެ. އެއީ އޭގައި، އިރަށް އަޅުކަން ކުރުމާއި އިސްލާމްދީނުގެވާ އެއްކައުނަވަންތަ ކަމުގެ އަސާސާއި، ފުށުއަރާ އެތަކެއްބަސް ތަކާއިއެކު ކުރާ ކަމެކެވެ! ކާފިރުންކުރާ ހުރިހާ ކަމެއް އަދި މުސްލިމުންނަކަށް ކުރެވޭކަށް ނޯވެއެވެ. އެކަން ދަންނާށެވެ.

– އަލީ ޒައިދު ވިދާޅުވިއެވެ.

ލޮނުޒިޔާރަތް ޕާކުގައި ކަސްރަތު ކުރުމަށް ހާއްސަ ސަރަހައްދެއްވެސް ވަނީ ގާއިމްކޮށްފައެވެ. ޔޯގާ ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެތަނުގައެވެެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ali waafiru
Asaasthakaa fushu araey bunumakun nufudhey, fushu aranee keeveka bunedheynjehey, mi dhivehi sheyhun thasarrafu fudheynee kondhuvahakun baa, hashigandah faidhaahuri kassrathu kurumah dheenugaa baarualhaafa onnanee..dheenuge asslakaa fushunaaraa,kufuruvumeh nethiyyaa huhdhavaane