ދީޕިކާ އާ ސުވާލެއް ކޮށްލަން ކެރޭ ކުއްޖަކު އެބަހުރިތަ؟

ދީޕިކާ އާ ސުވާލެއް ކޮށްލަން ކެރޭ ކުއްޖަކު އެބަހުރިތަ؟

Author
ފާތިމަތު ނާވީ
21 ޖެނުއަރީ 2021 07:32
0

އަންގާރަ ދުވަހު، އެކްޓުރެސް ދީޕިކާ ޕަޑުކޯން އޭނާގެ އިންސްޓާގުރާމުގައި "އާސްކް މީ އެނީތިންގ" ގެ ސެޝަންގައި ފޭނުން ދިޕިކާގެ ދުވަހުގެ މަސައްކަތްތަކާއި ކެއްކުމުގެ ހުނަރުތައް ބަލާލުމަށް ކުރި ސުވާލުތަކަށް ޖާވަބުދީފި އެވެ.

އިންސްޓާގުރާމުގެ ސްޓޯރީގައި އަންގާރަ ދުވަހު ދީޕިކާ ވަނީ ސަޕޯޓަރުން ބޭނުން ކޮންމެ ސުވާލެއްކުރުމަށްވެސް ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ފޭނަކު ކުރި  ފުރަތަމަ ސުވާލުގައިވަނީ ދީޕިކާއަށް އެންމެ މީރުކޮށް ތައްޔާރުކުރެވޭ ކާނާ އަކީ ކޮބައިތޯ އެވެ. މި ސުވާލަށް އޭނާ ބުނީ ކުކީސް ކަމަށެވެ. ދީޕިކާ ބުނިގޮތުގައި އޭނާ އަކީ ބޭކް ކުރާ ހިއްވާ މީހެކެވެ.

ދެވަނަ ސުވާލަކަށް ފޭނަކު އެހީ އެންމެ ފުރަތަމަ ހެނދުނު ހޭލައިގެން ކުރަނީ ކޮންކަމެއް ތޯއެވެ. މި ސުވާލުގެ ޖަވާބަކަށް ހިނިގަނޑެއް ޖަހާލުމަށްފަހު ދީޕިކާ ބުނީ އޭނާގެ އެލާމް އޮފްކޮށްލަނީ ކަމަށެވެ.

މިދިޔަ އަހަރު ސޯޝަލް މީޑިއާ އާއި ތަންކޮޅެއް ދުރުގައި އުޅުމަށްފަހު ދީޕިކާ މިއަހަރު ވަނީ މުޅިން އައު ފެށުމަކުން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން އޭނާގެ އިންސްޓަގްރާމާއި ޓްވިޓަރ އެކައުންޓްވެސް މި އަހަރާއެކު ވަނީ މުޅިން އައު ފެށުމަކުން ފަށާފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި އޭނާ ހިއްސާކުރާ އޯޑިއޯ ޑައިރީ ފާހަގަކުރެވެއެވެ.

މިފަހުން ދީޕިކާ ވަނީ "ފެމިނާ މެގަޒިން" ގެ ކަވާ ފޮޓޯއަށް އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.