ބަޢުދާދުގެ މާރުކޭޓް ސަރަހައްދަށް މިއަދު ދިން ޖާޏުން ފިދާވުމުގެ ހަމަލާގައި އެރަހައްދަށް ލިބިފައިވާ ބައެއް ގެއްލުންތައް

ޖާނުން ފިދާވެގެން ދިން ހަމަލާތަކެއްގައި، ބަޣްދާދުގައި އެތައްބަޔަކު މަރުވެއްޖެ

ޖާނުން ފިދާވެގެން ދިން ހަމަލާތަކެއްގައި، ބަޣްދާދުގައި އެތައްބަޔަކު މަރުވެއްޖެ

އިރާގުގެ ވަރިރަށް، ބަޣްދާދުގެ މެދުތެރޭގައި، ވިޔަފާރިތަށް ގިނަ ސަރަހައްދެއްގައި، ޖާޏުން ފިދާވެގެން ދިން، ބޮމުގެ ދެ ހަމަލާއެގައި އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެ ކަމަށް އިރާގުގައި ގައުމީ ޓީވީން މައުލޫމާތު ދީފިއެވެ.

ބަޣްދާދުގެ އޮޕްރޭޝަންސް ކޮމާންޑްގެ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ހަޒީމް އަލް-އައްޒާވީ އިރާގް ނިއުސް އޭޖެންސީ (INA)އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ތަޔަރަން މައިދާނުގެ ކައިރީގައި އޮންނަ ބާބް އަލް-ޝަރުޖީ އޭރިއާގެ މީހުން ތޮއްޖެހިފައި އޮންނަ މާރުކޭޓް ސަރަހައްދުގައި ދެ ގޮވުމެއް ގޮއްވާލާފައިވާ ކަމަށެވެ.

ބަޣްދާދުގެ އޮޕްރޭޝަންސް ކޮމާންޑުން މައުލޫމާތު ދީފައިވާ ގޮތުގައި، ޖާނުން ފިދާވި ދެމީހަކު އަމިއްލަ ގައިގައި ހަރުކޮށްފައިހުރި ބޮންތައް ގޮއްވާލާފައި ވަނީ، ބޭނުން ކޮށްފައި ހުންނަ ހެދުން ވިއްކުމަށް ޚާއްސަ މާރުކޭޓުގައެވެ.

ބަޣްދާދުގެ ފުލުހުންގެ ބައެއް ފަރާތްތަކުން، ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބައެއް މީޑިއާތަކަށް މައުލުމާތު ދީފައިވާ ގޮތުގައި، މިހަލާގައި 7 މީހަކު މަރުވެ، 25 މީހަކަށް އަނިޔާވެފައިވާކަން މިހާތަނަށް އައިއިރު ވަނީ ޔަގީން ކުރެވިފައެވެ. އަދި މައުލޫމާތު ދީފައިވާ ގޮތުގައި، އަނިޔާވި ބައެއް މީހުންނަށް ސީރިއަސް އަނިޔާތައް ލިބިފައިވާތީ، މިހަމަލާގައި މަރުވި މީހުންގެ އަދަދު މައްޗަށް ދިއުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.

ބޮން ގޮއްވާލި ސަރަހައްދުގައި އިރާގުގެ ފުލުހުން ފޯރިމަރަނީ

އެމެރިކާއިން އިރާގަށް އަރާ 2003 ވަނަ އަހަރު އެގައުމު ހިފުމަށްފަހު އުފެދިގެންދިޔަ ނަސްލީ ހަމަ ނުޖެހުމަށްފަހު، ފަހަކަށް އައިސް އިރާގުގެ ވެރިރަށް ބަޣްދާދުގައި ޖާނުން ފިދާވުމުގެ ހަމަލާތައް ދީފައިވަނީ ވަރަށް މަދުންނެވެ.

އެންމެ ފަހަކަށްވެސް އިރާގުގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފައިވަނީ 2019 ވަނަ އަހަރުގެ ޖޫންމަހުގައެވެ. މިހަލާގައިވެސް އެތައްބަޔަކު މަރުވެ، ގިނަބަޔަކަށް އަނިޔާ ވެފައިވެއެވެ.

އީރާގުގައި ފަހަކަށް އައިސް، ހަގުރާމަވެރިންގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވެގެން ގޮސްފައިވަނީ، އެގައުމުގައި ތިބޭ އެމެރިކާމީހުންގެ މަރުކަޒު ތަކަށެވެ. މިގޮތުންވެސް، ހަގުރާމަވެރިންގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ، ވަރަށް ބޮޑަށް ހިމާޔަތް ކުރެވިފައި އޮންނަ، ބަޢުދާދުގެ ގްރީން ޒޯންގައި ހުންނަ އެމެރިކާފެ އެންބަސީއަށެވެ.

އެހެންނަނަމަވެސް، ފާއިތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހު، އިރާނަށް ތާޢީދުކުރާ ހަގުރާމަވެރި ޖަމާއަތްތަކާއެކީ ފާއިތުވެދިޔަ އަހަރު ހެދުނު ނުރަސްމީ އެއްބަސްވުންތަކަށްފަހު، މިގޮތުން ދެމުންދާ ހަމަލާތައްވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ބަޣްދާދުގެ ބައިބޯ މާރުކޭޓު ސަރަހައްދުގައި މިއަދު ދިން ޖާނުން ފިދާވުމުގެ ހަމަލާގެ ޒިންމާ އަދި މިހާތަނަށް އައިއިރު އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. އެހެންނަމަވެސް، ފާއިތުވެދިޔަ ތަނުގައި، އިރާގުގައި ޖާނުން ފިދާވުމުގެ ގިނަ ހަމަލާތައް ދީފައިވަނީ، އިސްލާމިލް ސްޓޭޓް، އައިސިސްއަށް ނިސްބަތްވާ ހަގުރާމަ ވެރިންނެވެ.

އައިސިސްއާ ދެކޮޅަށް 3 އަހަރުވަންދެން ހިންގި ބޮޑެ ހަގުރާމަވެރި ކެމްޕޭނަކަށްފަހު، 2017 ވަނަ އަހަރު އިރާގު ސަރުކާރުންވަނީ އެގައުމުގައި އައިސިސް ބަލިކުރެވިފައިވާކަން އިއުލާން ކޮށްފައެވެ.

އެހެންނަމަވެސް، އައިސް ޖަމާއަތުގެ ބާކީ ތިބި ބައެއް ކުދި ކުދި ޖަމާއަތްތައް ފަހުން ހަމަލާތައް ދީފައިވަނީ، ހަނަފަސް ސަހަރާތަކުންނާއި އަދި ފަރުބަދަތަކުގެ ސަރަހައްދުތަކުން، ސަލާމަތީ ބާރުތަކަށާއި އަދި ސަރުކާރުގެ މުވައްސަސާތަކަށް އަމާޒު ކޮށްގެންނެވެ. މިފަދަ ހަމަލާތަކުގައި ލިބިގެން ގޮސްފައިވަނި ނިސްބަތުން ކުޑަ ގެއްލުން ތަކެކެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. بغداد – غ ޢަރަބި އަކުރުގެ މަތީގަ ނުކުތާ އޮންނަ ނަމަ އޭގެ ބަދަލުގަ ލިޔާ ތާނަ އަކުރުގެ ވެސް ނުޖުތާ އޮންނާނީ މަތީގަ…..ޢަރަބި އަކުރު ނޭނގޭ ނަމަ ދެން ކުރާނެ ކަމެއް ނެތް.

  2. "ނުޖުތާ" ގައި "ޖ" އޮތް ތަނުގަ އޮންނާނީ ކާފު! ޚާފު ނޭނގޭނަމަ ދެން "ހުދުހުދު" ޖެހޭނީ ކާފު ދަސކުރަން!

Leave a Reply

Your email address will not be published. Required fields are marked *