މިއަދު ގެނައީ ޑަބް.ލިއު.އެޗް.އޯގެ އެޕްރޫވަލް ކުރިއަށްދާ ވެކްސިނެއް: ޑރ.ނަޒްލާ

މިއަދު ގެނައީ ޑަބް.ލިއު.އެޗް.އޯގެ އެޕްރޫވަލް ކުރިއަށްދާ ވެކްސިނެއް: ޑރ.ނަޒްލާ

Author
މުޙައްމަދު ޝަޒައިމް
20 ޖެނުއަރީ 2021 10:58
0

އިންޑިޔާއިން ގެނައި ވެކްސިނަކީ ޑަބް.ލިއު.އެޗް.އޯގެ އެޕްރޫވަލް ކުރިއަށްދާ ވެކްސިނެއް ކަމުގައި ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޒު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ މިއަދު ގެނައި ވެކްސިނަށް އެޕްރޫވް ހޯދުމުގެ މަސައްކަތް މިއަދު ރާއްޖެ ވެކްސިން ގެނައި ކުންފުނިން މިހާރުވެސް ކުރަމުންދާކަމަށެވެ. އަދި އެމައުލޫމާތު ޑަބް.ލިއު.އެޗް.އޯގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށް ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ ވެކްސިން ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ވެކްސިން ސަޕްލައި ސެކިއާ ކުރުމަކީ މިހާރު ކުރާ އެންމެ މުހިންމު މަސައްކަތްކަމަށެވެ.

ނަމަވެސް ވެކްސިން ބޭނުންކުރާނީ ކަމާއިބެހޭ އިދާރާތަކުން ދޭންޖެހޭ ހުރިހާ ހުއްދަތަކެއް ލިބި ރައްކާތެރިކަން ކަށަވަރުވުމުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ވެކްސިން ދުރާލައި ހޯދައި، ވެކްސިންގެ ޔަގީންކަން ކަށަވަރު ކުރާކަމަށެވެ. އަދި ވެކްސިން ހޯދިނަމަވެސް ވެކްސިން ބޭނުންކުރަނީޑަބް.ލިއު.އެޗް.އޯއާއި އެ ޤައުމެއްގެ ޞިއްޚީ އިދާރާތަކުން ލިބެންޖެހޭ ހުއްދަ ލިބިމަށް ފަހުގައިކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިއަދު ރާއްޖެ ގެނައި ވެކްސިނާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާއިރު، ވެކްސިނަކީ އަދި ޑަބް.ލިއު.އެޗް.އޯ އެޕްރޫވަލް ނެތް ވެކްސިނެއްކަމަށް ގިނަ ބަޔަކު ދިޔައީ ސޯޝަލް މީޑިޔާގައި ބުނަމުންނެވެ. ވެކްސިންގެ މާބޮޑު މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައި ނުވާއިރު، މިއަދު ވެކްސިން ގެނައުމަށް ބޭއްި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މިވެކްސިނަކީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި، އެސްޓްރާޒެނިކާ ކުންފުނީގެ ރިސާޗުގެ މައްޗަށް ބިނާކޮށް، އިންޑިޔާގެ ސީރަމް އިންސްޓިއުޓުން އުފައްދަވާފައިވާ ކޯވިޑް-19ގެ ވެކްސިނެއްކަމަށެވެ. މިއީ ޓްރެއިލްގެ މަސައްކަތް ނިންމާފައިވާ ރައްކާތެރި ވެކްސިނެއްްމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަދިސީރަމް އިންސްޓިއުޓަކީ ދުނިޔޭގެ އެންމެބޮޑު ވެކްސިން އުފައްދާ އިންސްޓިޓިއުޓް ކަމަށާއި، މިތަނުން އަހަރަކު 1.5 ބިލިޔަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން ދަނީ އުފައްދަމުންކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ދުނިޔޭގެ 170 ގައުމެއްގެ %65 ކުޑަކުދިންނަށް، ސެވަން އިންސްޓިޓުޓުން އުފައްދާ ކޮންމެވެސް އެއް ވެކްސިނެއް ޖަހަމުން ގެންދާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.