ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަށް އިންޑިޔާއިންދޭ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑި އެގްރިމަންޓުގައި ސޮއިކޮށްފި އެވެ.
އިންޑިއާ ސަރުކާރުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ދޫކުރަމުންދާ ލޯނުތަކުގެ ތެރެއިން މިއަދު މިކުރެވުނު އެއްބަސްވުމަކީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުއަށް އިންޑިޔާއިން ފޯރުކޮށްދީފައިވާ ލޯނެކެވެ.
6695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢަކީ މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖެއް ހެދުމަށް ނިންމާފައިވާ މަޝްރޫޢެކެވެ."ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިޤްތިޞާދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މާލެއިން ތިލަފުއްޓާ ހަމައަށް ގުޅާލާ މި ބްރިޖްގެ ދިގުމިން 6.7 ކިލޯ މީޓަރަށް އަރާނެކަމަށާއި ބްރިޖްގެ ފަޅިއެއްގައި މަދުވެގެން 2 ލޭން އޮންނާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ސަރުކާރުން ލަފާކޮށްފައިވަނީ ބްރިޖްގެ މަސައްކަތަށް 450 އާއި 600 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށެވެ. ސަރުކާރުންވަނީ މިއަހަރުގެ ބަޖެޓުގައިވެސް ބްރިޖް މަޝްރޫޢަށް 411 މިލިއަން ރުފިޔާ ހިމަނާފައެވެ.
ކޮމެންޓު ފޮނުވާ