ކޯވިޑް-19އަށް މިއަދު 79 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ރޭ އިރުއޮއްސި 6 އިން މިރޭގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ފާއިތުވި 24 ގަޑިއރުގެ ތެރޭގައި ޕޮޒިޓިވްވި 79 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 36 މީހުންނާއި، މީހުން ދިރިއުޅޭ ރަށްރަށުންނާއި، ސިނާއީ އަދި ސަފާރީތަކުން 43 މީހަކު ވަނީ ޕޮޒިޓިވް ވެއްފައެވެ.
މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 14،712 އަށް އަރާފައެވެ. އައު އަހަރާއެކު ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގައި ކޯވިޑަށް ފަރުވާދެމުން އަންނަނީ 1،017 މީހަކަށެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 79 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 24 މީހެކެވެ. މިއާއެކު މިހާތަނަށް ޖުމްލަ 13،639 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަގާފައިވާ 3،428 ސާމްޕަލާއެކު މިހާތަނަށް ނެގި ސާމްޕަލްތަކުގެ ޢަދަދު 374،217 އަށް ވަނީ އަރާފައެވެ. ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 49 މީހެކެވެ. އެއީ 41 ދިވެހިންނާއި 8 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ