ވެރިކަންކުރާ އެމްޑީޕީގެ އެކްޓިވިސްޓަކު ބޭސް ފަރުވާއަށް އާދޭސްކުރަނީ، ޖަވާބެއް ނުލިބޭ!

ވެރިކަންކުރާ އެމްޑީޕީގެ އެކްޓިވިސްޓަކު ބޭސް ފަރުވާއަށް އާދޭސްކުރަނީ، ޖަވާބެއް ނުލިބޭ!

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2021 10:28
0

ވެރިކަން ކުރާ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންގެ ތެރެއިން ސޯޝަލް މީޑިޔާގައި ޕާޓީއާއި ސަރުކާރު ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތް ކުރަމުންދާ އިޤްބާލު އަހުމަދު ބޭސްފަރުވާ ހޯދަން އެދި ނުލިބި ގިނަ ކަންބޮޑުވުންތަކެއް ދަނީ ހިއްސާ ކުރަމުންނެވެ.

ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވަމުން އިޤްބާލު ބުނެފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ފުރަން ޖެހޭއިރު، ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ފޮނުވާފައިވާ ސިޓީއަށް މިއަދާއި ހަމައަށްވެސް ޖަވާބެއް ދީފައި ނުވާކަމަށެވެ. އިޤުބާލު ބޭސްފަރުވާގެ އެހީތެރިކަމަށް އެދިފައިވަނީ އޭނާގެ ބައްޕަގެ ލޮލުގެ ފަރުވާއަކަށް ރާއްޖެއަށް ދިއުމަށެވެ. އިޤްބާލަކީ މާލީ ގޮތުން މާބޮޑު ތަނަވަސް ކަމެއްނެތް، ދިރިއުޅުމުގައި ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާ މީހަކަށްވާއިރު އޭނާވަނީ ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ކަމާއިބެހޭ ގިނަ ފަރާތްތަކަށް މި ސިޓީ ފޮނުވާފައެވެ.

އިޤުބާލުގެ ސިޓީގައި ބުނެފައިވަނީ ލޮލަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން އަލިތަންތަން ބެލުމަށް އުނދަގޫވެ، މިކަމާއި ގުޅިގެން މީގެ ކުރިން އޮފަރޭޝަނެއް ކުރިވަފައިވީ، ނަމަވެސް މިކަމަށް އެދެވޭހައްލެއް އަދިވެސް ލިބިފައި ނުވާ ކަމެއްކަމަށެވެ. މިހާރު އިތުރަށް ގޯސްވަމުންދާތީ އާއި ރާއްޖެއިން ފަރުވާދެވުން ނެތުމުން ރާއްޖެގައިތިބި ޑޮކްޓަރުންވަނީ ބޭރަށް ދިއުމަށް ލިއުންދީފައިކަމަށެވެ. އަދި ސަރުކާރުން އާސަންދައިން އެހީލިބުނަސް ރާއްޖެއިން ބޭރުގާ ގިނަ ޚަރަދުތަކެއް އަމިލައަށްވެސް ކުރަންޖެހޭތީ މާލީ ތަނަވަސްކަން ހުރި ގޮގުން މިޚަރަދު ކުރެވެން ނެތުމުން އޭނާ ވަނީ މިކަމުގެ އެހީއަށް އެދިފައެވެ.

އިޤުބާލުގެ މިސިޓީއަށް ޖަވާބެއް ނުލިބި ސޯޝަލް މިޑިޔާގައި މިކަމަށް އެމްޑީޕީގެ އިސް ބޭފުޅުންނާއި، ސަރުކާރު ކޯލިޝަންގެ އިސްބޭފުޅުން ޓެގްކޮށް އެދެމުންދާއިރުވެސް މިކަމަށް މާބޮޑު ސަމާލުކަމެއް އެއްވެސް ފަރާތަކުން ދީފައި ނުވެއެވެ. އޭނާ ވަނީ ރައީސް ޞާލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ޓެގްކޮށް، ޓުވީޓު ކުރައްވާފައެވެ. މާލީ ގޮތުން ތަނަވަސްކަން ނެތް މީހުންނަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދާއިރު، އިތުރު އެހީތެރިކަމަށް އެދުމުން އެންސްޕާ މެދުވެރިކޮށް ބައެއް ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެވެ. ނަމަވެސް މިކަމަށް މިހާތަނަށް އެއްވެސް ފަރާތެއްގެ ޖަވާބެއް ލިބިފައި ނުވާތީ އިގުބާލު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޔ ޔޯޔޯ
ތީ ވާނެ ވަރަކީ
ެ ެީއާބީ
މިއީރަތްޔިތުންނަށްމަކަރާހިިިީލަތްހަދާސަރުކާރެތްއަދިވެސްމިވަރުނެތިގެންުއުޅެނީ
ހ ހުދުހުދު
ތެދެއް ޔާމީނު ވައްކަން ކޮށްފަ ލާރިދޭނެ.އަވަހަށް ޕީޕީއެމްއަށް ސޮއި ކުރޭ......ތި ދެބައި މީހުންވެސް ކުރަނީ ވައްކަން. މިހާރު ބޭނުމީ ތިން ވަނަ ވިސްނުމެއް...
T Thee
Heyokon thibunee.
ސ ސައުތް އަރި ކިންގް
އެހެން ވީމާ އަދިވެސް މި ސަރުކާރު ޕުރޮމޯޓް ކުރޭ..އިގުބާލު މެނައް ހާދަ ނުވިސްނެޔޭ މީކަލޯ ފުރެންޱޫ އެމް.ޱީ.ޕީ ގެ ވެރިކަން ރައްޔިތުންނައް މިމީހުން ކޮއްދޭނެ ކަމެއް ހަމަ ހަރާމުން ހަރާމް ރައީސް ޔާމީން ރައްޔިތުންނައް ކޮއްދިން ވަރުގެ ޒައްރެއްގެ މިންވަރުވެސް މިހާރު މިތިބި މީހުން ނަކައް ނުވާނެ ކުރިއައް އޮތް ތަނުގާ އިގުބާލް މެނައް މާތް ރަސްކަލާންގެ ހެޔޮ ވިސްނުން ދެއްވާ ޕީޕީއެމް އާ ގުޅިވަޱައިގަތުމައް އަޅުގަޱު އިގްބާލުއައް ދައުވަތު އަރުވަން ރައީސް ޔާމީން ވަރެއް ހަމަ ނޯންނާނެ މި ދިވެހި ރައްޔިތުންނަކައް ގަބޫލް ކުރިޔަސް ނުކުރިޔަސް....