ކޯވިޑްގެ ނުރައްކާތެރި ވަބާއިން ސަލާމަތްވުމަށް ކާވް ފްލެޓްކުރާ ފަދައިން މިސަރުކާރުގެ އަނިޔާވެރިކަމުގެ ކާވްވެސް ފުލެޓް ކުރަން މަސައްކަތް ކުރަން ޖެހޭ ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރަށު ބަންދުގައި ތިބެ ތ.ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަަމުން ޣައްސާން ވިދާޅުވީ ކޯވިޑް-19 އިން ސަލާމަތްވުމަށް ކަމާއިބެހޭ ފަރާތްތަކުން ދެއްވާފައިވާ އިރުޝާދުތަކަށް ބޯލަބައި ކާވް ފްލެޓު ކުރުމަކީ ނުވަތަ ބަލި ކޮންޓްރޯލް ކުރުމަކީ ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތް ކަމުގައެވެ. އެމަސައްކަތް ކުރަމުންދާއިރު، މިއަދު މިވަނީ މިސަރުކާރުން ރައްޔިތުންނަށް ދެމުންދާ އަނިޔާއާއި، ދޭ ހިތްދަތިކަމާއި ދެކޮޅަށްވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، އަނިޔާވެރިކަމުގެ ކާވް ފުލެޓް ކުރަން ޖެހިފައިކަމަށެވެ.
ޣައްސާން ވިދާޅުވީ މިކަން ކުރެވޭނީ ވަރަށް ފަރުވާތެރި ކަމާއިއެކު މަސައްކަތް ކޮށްގެންކަމަށެވެ. ޚާއްސަކޮށް ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ކުރަމުންދާ ނޭދޭވޭ ކަންތައްކުން ސަލާމާތް ވެވޭނީ ކައުންސިލް އިންތިޚާބު ކާމިޔާބު ކޮށްގެންކަމަށެވެ. އެކަން ކުރެވޭނީ ވަރަށް ބަދަހި ކަމާއިއެކު އެއްރޫހެއްގައި މަސައްކަތްކޮށްގެންކަމަށް ޣައްސާން ވިދާޅުވިއެވެ.
އެކަން ކުރެވޭނީ ކައުންސިލް އިންތިޚާބު ޕީޕީއެމް ކޯލިޝަނަށް ކާމިޔާބް ކޮށްދީގެން. ސިޔާސީ ގޮތުން އެންމެ އަތްފައި ބަދެ، އަގަޔާއި މޫނުގައި ބެންޑޭޖު އޮޅައި، ރައީސް ޔާމީން ނުހައްގުން ޖަލުގައި އޮތް ވަގުތެއްގައި މިފަދަ ގޮތަކަށްވެސް ޖަލްސާތައް ބާއްވަނީ ޤައުމާއިމެދު އޮތް ވިސްނުންތަކެއް ގެނެސްދިނުމަށް. އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު އިސްލާމްދީނަށް ގޮންޖަހައި، އެތައް ކަމެއް ފެނޭ. މިކަން ބަދަލުކުރެވޭނީ ކައުންސިލް އިންތިޚާބުން.
– ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ މިސަރުގެ އަމަލުތައް ހުރި ގޮތުން މިއަދު ރާއްޖޭގެ އިޤްތިޞާދު ފުޑުފުޑުގެ ރައްޔިތުން ނިކަމެތިވެފައިވާ ކަމަށެވެ. ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާއެއް ނެތްއިރު އެތައް ބަޔަކު ބިކަ ހާލުގައި ޖެހިފައިވާކަމަށެވެ. ރައްޔިތުން ކުރާ އާދޭހަކަށް ދައްކާ ވާހަކައަކަށް މިސަރުކާރުން އިޖާބާ ނުދޭއިރު، މިކަން ކުރެވޭނީ ވޯޓުން ނަތީޖާ ދައްކައިގެންކަމަށް ޣައްސާން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ