އިދިކޮޅު ކޯލިޝަން ޚާއްސަ ޖަލްސާއެއް މިރޭ ގުރައިދޫގައި

އިދިކޮޅު ކޯލިޝަން ޚާއްސަ ޖަލްސާއެއް މިރޭ ގުރައިދޫގައި

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2021 04:03
0

އިކޮޅު ކޯލިޝަނުން މިރޭ ތ.ގުރައިދޫގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ރަށު ބަންދުގައި ތިބެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޖަލްސާތައް ކުރިއަށް ގެންދަމުންނެވެ. ކޯވިޑް-19 އަށް ދެމުންދާ ލުއިތަކުގެ ތެރެއިން މާލޭގައި ހަފްލާތަކައި ބައްދަލުވުންތައް ބޭއްވުމަށް ދީފައިވަ ހުއްދައަކާއިއެކު އިދިކޮޅު ކޯލިޝަނުން ވަނީ މާލެ ސިޓީގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރި ވެފައިވެއެވެ.

މިރޭ ގުރައިދޫގައި ބާއްވާ ޖަލްސާއާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިޖަލްސާއަކީ ސަރުކާރުން ގުރައިދޫ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދޭތީއާއި، ކައުންސިލް އިންތިޚާބުގައި ގުރައިދޫ އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

މި ޖަލްސާގައިވެސް އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވާނީ މާލޭގެ ޕީޕީއެމް އޮފީހުގައި ތިބެގެންނެވެ. އަދި ގުރައިދޫ ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެރަށުގެ ޕީޕީއެމް ޖަގަހައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.