ހިތަދޫ ގެތަކުން ވަގަށްނެގި ތަކެއްޗާއިއެކު މީހަކު ހައްޔަރު ކޮށްފި

ހިތަދޫ ގެތަކުން ވަގަށްނެގި ތަކެއްޗާއިއެކު މީހަކު ހައްޔަރު ކޮށްފި

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2021 03:12
0

ވައްކަމާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހިތަދޫގެ އެކި ގޭގެއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި އެމައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތިން ލެޕްޓޮޕާއި ތިން މޯބައިލް ފޯނާ އަދި އައިޕެޑެއް ހޯދާފައިވެއެވެ. މިތަކެތި ހޯދާފައިވަނީ އެކި މީހުންނަށް ވިއްކާފައިވަނިކޮށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.