މިސަރުކަރުކާރުގެ އެންވާރުމަންޓް މިނިސްޓަރު ވީ ހިސާބެއް ނޭގޭއިރު، ކުނީގެ މައްސަލައަށް ވެފައިވާ ވައުދު ފުއްދު ނުފުއްދި ކުނީގެ ވައުދު ކުނި ވެފައިވާކަމަށް ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ރިސޯޓްތަކުން ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ބުނުމާއި ގުޅިގެން، ކުނިއަޅާ ރިސޯތްތައް ޖޫރިމަނާކޮށް ބަންދުކުރަން ޖެހިދާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ދިނުމާއި ގުޅިގެން ޝުޖާ ވިދާޅުވީ ކުނީގެ މައްސަލަ ހައްލު ކުރުމަށް މިސަރުކާރު ނުކެޅެދުމުން އެކަމުގެ ޒިންމާ ރައްޔިތުް ބޮލަށް ޖަހާތަން މިއަދު ފެންނަމުންދާކަމަށެވެ.
ކުނީގެ މައްސަލަ ހައްލު ނުކުރެވި މިމައްސަލަ ހައްލު ކުރަން ޒިންމާ ހަވާލު ކުރެވިފައިވާ ވަޒީރުވެސް މިއަދު ވީ ހިސާބެެއް ނޭގޭއިރު، މުޅި ނިޒާމު ފެއިލްވެ ބޮއްސުން ލާފައިވާ މަންޒަރު ފެންނަކަމަށް ޝުޖާ ވިދާޅުވިއެވެ.
ކިހިނެތްތޯ ހައްލު ކުރާނީ؟ އެމްޑީޕީ ގެ މި ސަރުކަރުގެ އެންވަރުމަންޓް މިނިސްޓަރ ވީ ހިސާބެއް ދަންނަ ރައްޔިތަކު ހުރީކީނޫން!! މުޅި ނިޒަމު އޮތީ ފައިލްވެފަ. ކުނި ގަންނާނެތަނެއް! ކުނީގެ ވައުދު ކުނި ވެއްޖެ.
– ޝުޖާ ވިދާޅުވިއެވެ.
އެގޮތުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަޓީން ވަނީ ރިސޯޓްތަކުން ކަނޑަށް އަޅަނީ ކާބޯތަކެތިން އުފެދޭ، ފަސޭހައިން ހަލާކުވާ ކުނި ކަަމަށާއި އެކަން ކުއްލިއަކަށް ހުއްޓުވައިފި ނަމަ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނެކަމަށް ބުނެފައެވެ. މަޓީގެ އެވާހަކަތަކަށް ރައްދުދެއްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ރަޝިދު (ބޮންޑެ) ވިދާޅުވީ، ފަޅުރަށްތަކުގައި ރިސޯޓު ހަދަން ދޫކުރީ ކުއްލިއަަކަށް ނޫންކަމަށާއި، ބޭނުން ވަސީލަތެއް ބޭނުންކުރުމަށް ރިސޯޓު ހޯދުމަށް ބިޑްކުރާ ލިޔެކިޔުންތަކުގައި ބުނެފައިވާކަމަށެވެ.
ފަޅުރަށްތަކުގައި ރިސޯޓު ހަދަން ދޫކުރީ ކުއްލިއަަކަށް ނޫން ! ކުނިމެނޭޖް ކުރުމާ ކުނިނައްތާލާނެ ދުނިޔޭގައި ލެއްވި ހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށް ރިސޯޓު ހޯދުމަށް ބިޑްކުރާ ލިޔެކިޔުންތަކުގައި މިނިސްޓްރީގައި ހުންނާނެ ! ޖޫރިމަނާ ކުރެވޭނެ ! ރިސޯޓު ބަންދުވެސް ކުރެވޭނެ !
– މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ކޮމިޓީގައި ވިދާޅުވީ ކުއްލިއަކަށް ގަވާއިދު ބަދަލުކޮށް ސަފާރީތައް ޖޫރިމަނާކުރަން ފަށައިފިނަމަ ސަފާރީތައް ދުއްވާ ފަރާތްތައް ބަނގުރޫޓް ވެދާނެކަމަށެވެ. އެހެންކަމުން ކުނި އުކައިލެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ފަހު ތިރީހަކަށް ދުވަހުގެ މުހުލަތެއްދީ، ކަނޑަށް ކުނި އެޅުން މަނާކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ