ބޮލީވުޑްގެ ފަންނާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކަންގަނާ ކިޔައިދީފި

ބޮލީވުޑްގެ ފަންނާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކަންގަނާ ކިޔައިދީފި

ބޮލީވުޑްގެ ފިލްމީ ތަރި ކަންގަނާ ރަނައުތަކީ މީސްމީޑިއާގައި ވަރަށް ހަރަކާތްތެރި ތަރިކެވެ. އޭގެތެރެއިންވެސް ޓްވިޓާއަކީ ކަންގަނާ މާބޮޑަށް ހަރަކާތްތެރި މަންސައެކެވެ.

ޓްވިޓާގައި ކަންގަނާ ހިއްސާކޮށްލާ ބައެއް ސްޓޭޓަސް އަދި ފޮޓޯ ތަކަކީ އެއަށް ނޫސްވެރިންނާއި ސަޕޯޓަރުން ވަރަށް ބޮޑަށް ސަމާލުކަން ދަމައިގަންނަ ފަދަ ޕޯސްޓް ތަކެވެ. ބައެއް ކަހަލަ ޕޯސްޓްތައް ގައުމީ ފެންވަރުގެ މައްސަލަތަކަށްވެސް ވެފަ އެބަހުއްޓެވެ

ދާދި ފަހުން ކަންގަނާ ޓްވިޓާގައި ހިއްސާކޮށްފައިވާ ސްޓޭޓަސްއެއްގައި ބުނެފައިވާގޮތުން "ބޮލީވުޑް"ގައި މަސައްކަތްކުރާ ފަންނާނުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރޭގަނޑުގެ ވަގުތުގައި މަސައްކަތް ކުރަންޖެހުމެވެ. އަދި މީގެ އިތުރުން "ނެޕޮޓިޒަމް" އާއި ފިލްމީ ދާއިރާ ހިސޯރުކޮށްގެން އުޅޭ އެ ދާއިރާގެ ބާރުގަދަ މީހުންގެ ސަބަބުން ކުރިމަތި ލާންޖެހޭ ކަންކަމުގެ ވާހަކަވެސް ކަންގަނާ ވަނީ ހިއްސާކޮށްފަ އެވެ.

އިރު އެރުމުން ނިދާފަ، ކެއުމާ ބުއިން އަދި ހަށިގަނޑުގެ ހުރިހާ ކަމެއް ބަދަލުވެ، ފުރަތަމަ ދުވަސްކޮޅު ކާހިތް ކެނޑި މީހާ މަތިމަރުވެފަ ހުންނަ ކަހަލަ އިހުސާސް ކުރެވުނު ކަމަށްވެސް ކަންގަނާ ބުނެފައިވެއެވެ.

ކަންގަނާގެ ޓްވިޓާ އެކައުންޓް ފޮލޯ ކުރާ 3 މިލިއަން ސަޕޯޓަރުންނަށް ޝުކުރުވެރިވުމުގެ ގޮތުންވެސް ކަންގަނާ ވަނީ ސްޓޭޓަސްއެއް ހިއްސާ ކޮށްފައެވެ.

"ހުރިހާ އެންމެނަށްވެސް ޝުކުރުވެރިވަން، މިދިޔަ އޯގަސްޓު މަހުގައި ޓްވިޓާބޭނުން ކުރަންފެށި ނަމަވެސް މިހާ އަވަހަށް 3 މިލިއަން ފޮލޮވާސް ލިބިދާނެ ކަމަށް އުއްމީދެއް ނުކުރެވޭ، ބައެއް ފަހަރު ޓްވީޓާގެ ސަބަބުން "ޑިސްޓްރެކްޓް" ވޭ، އެހެންނަމަވެސް މިއީ މަޖާ ކަމެއް"

– ކަންގަނާގެ ޓްވީޓެއްގައި ބުނެފައިވެއެވެ.

ކަންގަނާގެ ކުރިއަށްއޮތް ފިލްމް ރިލީޒް ކުރާނެ ދުވަސް އިއްޔެ ވަނީ އިއުލާން ކޮށްފައިއެވެ. ވަރުގަދަ ފަހުލަވާނެއްގެ ގޮތުގައި ކަންގަނާ ފެންނަ ފިލްމް "ދާކަދް" މިއަހަރު އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހު އެޅުވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ފިލްމަކީ މިދިއަަ އަހަރުގެ އީދުގައި ރިލީޒް ކުރުމަށް ނިންމާފައިވާ ފިލްމެކެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން އެ ދުވަހަށް ފިލްމު ނިންމޭގޮތް ވަނީ ނުވެފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *