ނ. މަނަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިއެވެ.
މީރާއިން މަނަދޫގައި ހުޅުވި ކަލެކްޝަން ސެންޓަރަކީ އެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުންނަށާއި، ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޙިދުމަތްތައް ވީހާވެސް ގާތުން ދިނުމުގެ ބޭނުމުގައި ހުޅުވި ސެންޓަރެއްކެވެ.
MIRA’s N. Manadhoo Collection Center has been officially opened today pic.twitter.com/qMzYC6Z5qD
— MIRA (@MIRAmaldives) October 11, 2020
މާލޭގައި ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޙިދުމަތެއް އަތޮޅުތެރޭގައި ހުންނަ މީރާގެ އޮފީސްތަކުންވެސް ލިބޭނެގޮތައް އިންތިޒާމު ހަމަޖައްސާފައިވާ މި ސެންޓަރުތަކުގައި މީރާގައި ރަޖިސްޓްރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.
މިހާރުވެސް 16 އަތޮޅެއްގައި މީރާގެ 17 އޮފީސް ޤާއިމްކޮށް އަންނަނީ ޓެކްސް ދައްކާ ފަރާތްތަކަށް ޙިދުމަތް ފޯރުކޮށްދެމުންނެވެ. މިރާއިން ދަނީ އަތޮޅު ތެރޭގެ ގިނަ ރައްތަކެއްގައި އެ އޮފީހުގެ ޙިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.