ރައީސް މުއިއްޒުގެ ވެރިކަމަށް 3 އަހަރު: މާދަމާ ރޭ ހުޅުމާލޭގައި ޚާއްސަ ޖަލްސާއެއް

ރައީސް މުއިއްޒުގެ ވެރިކަމަށް 3 އަހަރު: މާދަމާ ރޭ ހުޅުމާލޭގައި ޚާއްސަ ޖަލްސާއެއް

Author
އަހުމަދު
16 ނޮވެމްބަރ 2026 03:20
0

 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މާދަމާއަށް ތިން އަހަރު ފުރިގެން ދާތީ، ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާ ބާއްވާނީ މާދަމާ ރޭ 20:00 ގައި، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައެވެ.

ޖަލްސާގެ ތަފްސީލު ސަރުކާރުން އަދި ހާމަކޮށްފައި ނުވާއިރު، ވޭތުވެދިޔަ ތިން އަހަރުގައި ހޯދިފައިވާ ކާމިޔާބީތަކާއި ކުރިއަށް ރާވާފައިވާ މަސައްކަތްތައް މި ޖަލްސާގައި އިއުލާނުކުރާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ވެރިކަންކުރާ ޕީއެންސީން ވެސް މިއަދު ބައްދަލުވުމެއް ބާއްވަން ނިންމާފައިވެއެވެ. ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕީއެންސީގެ ޓިކެޓު ރައީސް މުއިއްޒަށް ދީފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.