ރަންވަނަތައް ހޯދައިދިން ޝާންޓޭ ޑްރަގުގެ މައްސަލާގައި އުމުރަށް ޖަލަށް

ރަންވަނަތައް ހޯދައިދިން ޝާންޓޭ ޑްރަގުގެ މައްސަލާގައި އުމުރަށް ޖަލަށް

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2021 12:46
0

7 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ރާއްޖޭގެ މަޝްހޫރު ބޮޑީ ބިލްޑަރ ޝާހީން އިބްރާހީމް ދީދީ އުމަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ.

ޝާންޓޭ ވަނީ، ގައުމީ އިނާމުގެ އިތުރުން އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ރާއްޖެއަށް ރަން މެޑެލް ހޯދައިދީފަ އެވެ. މިސްޓަ މޯލްޑިވްސް އާއި އަދިވެސް އެހެނިހެން ކާމިޔާބުތައް އޭނާ ވަނީ ހޯދާފަ އެވެ.

ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ)ގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވުހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2018 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަދުވަހުގެ ރެއެވެ. އޭނާ ހައްޔަރުކުރީ ހ. ސާމަރާގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާކަމުގެ މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި އޭނާގެ ކޮޓަރީގެ ސްޓޮކްރޫމްގައި ޓޭފް އަޅާ ބަންދުކޮށްފައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރެއިން 7 ޕެކެޓް މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް އެ ހުކުމްގައި އޭނާއަށް އަންގާފައި ވެ އެވެ. މިއީ މިހާތަނަށް ޑްރަގް މައްސަލައެއްގައި ކަނޑައެޅި އެންމެ ބޮޑު ޖޫރިމަނާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.