ރައީސް ޔާމީންގެ ފަސްއަހަރު ނުހިނގާހާ ގިނަ މަސައްކަތް ދެ އަހަރު ކުރެވިއްޖެ: އަހުމަދު އަބްދުﷲ

ރައީސް ޔާމީންގެ ފަސްއަހަރު ނުހިނގާހާ ގިނަ މަސައްކަތް ދެ އަހަރު ކުރެވިއްޖެ: އަހުމަދު އަބްދުﷲ

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2021 11:08
0

މިސަރުކާރުގެ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ނުހިނގާހާ ގިނަ މަޝްރޫޢު ހިންގިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ބަދަލު ގެނައުމަށް ކޮމިޓީ މަރުހަލާއިން އެކުލަވާލި ރިޕޯޓުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިއަދު ކިތަންމެ ވާހަކަ ދެއްކެވިޔަސް އަތޮޅު ތެރޭގައި ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ދުވަހު ނުކުރެވޭހާ ގިނަ މަސައްކަތް ކޮށްފައިވާކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އިންތިޚާބާއި ގުޅޭގޮތުން ދައްކާ ވާހަތަކަށް ރައްދު ދެެއްވަމުން އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތެއްގެ ގޮތުގައި އޮތް އެމްޑީޕީއަށް އިންތިޚާބެއްގައި ކެންޕެއިންކޮށް، މިނިވަންކަމާއިއެކު މަސައްކަތް ކުރުމަށް ޖާގަ ދީފައި ނުވާކަމަށެވެ. ނަމަވެސް މިސަރުކާރުން މިދަނީ ކޯވިޑްގެ މިހާލަތުގައިވެސް އިދިކޮޅު ފަރާތްތަކަށް ބޭނުންގޮތަކަށް ކެންޕެއިން ހަރަކާތް ހިންގައި، ޖަލްސާ ބާއްވައި، މަގުމަތީގެ ހަރަކާތްތައް ހިންގަމުންވެސް ޖާގަ ދެމުންކަމަށެވެ.

އަޅުގަނޑުމެން ދެކުނިން އިއްޔެވެސް މަޖިލީދީ މަގުގައި އިދިކޮޅު ކެންޕެއިން ހަރަކާތެއް ދަނިކޮށް، އެބޭފުޅުން ކެންޕެއިން ޖަލްސާތައްވެސް އެބަވާއްވާ. އެކަމު ނިކަން ބައްލަވާ އަޅުގަނޑުމެން އިދިކޮޅުގައި ތިބިއިރު މިފުރުސަތު ލިބުނުތޯ؟ މިއަދު މިނިވަންކަމާއިއެކު އިދިކޮޅު ފަރާތްތަކަށް ބޭނުން ކޮންމެ ކަމެއް ކުރުމަށް ވަީ ފުރުސަތު ދެވިފަ.

– އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ކޮންމެ ހާލަތެއްގައި އިންތިޚާބު ބޭއްވިޔަސް މި އިންތިޚާބު ބޮޑުތަނުން އެމްޑީޕީން ކާމިޔާބު ކުރާނެކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް ކޯވިޑްގެ ދަތިކަމާއިއެކުގައިވެސް ސަރުކާކާރުން ކޮށްދޭ ކަންތައްތަކާއި، ކުރަމުންދާ މަސައްކަތް ބަލައިގަނެ ޝުކުރު ވެރިވާކަމަށެވެ. އަދި މިއަދު ރައްޔިތުން މާޒީއަށް އެބުރި ދާން ބޭނުންނުވާކަމަށް އަހުމަދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލަދު
ސީދާކަޑައެލިގެންދޮގެއް . ސީދާދާނީނަރަކައަށް . ރައިސްޔާމީން މަގުމަތީނުހިންގަވާވަރަށް ތިބަޔަކަށް މަގުމަތިކުޑަކުރަން މަގުމަތީގަ ހިގުނީ . އިތުރު ކަމެއް ނުކުރެވޭ އަރާތިބެވެސް މަގުމަތި ކުޑަނުކުރެވިގެން ނުހިގިގެން ހިންގުނީ ކީއްނޫން ހިގަނީ ގައުމުކުޑަކޮއް . ގައުމާރައްޔިތުންނަށް ވީވައުދު ނުފުއްދާ ގައުމު ނުހިންގުނު ބަޔަކު މަގުމަތީހިގައިގެން ކަމެއް ކުރެވޭނެނަމަ ތިބަޔަކަށް ގައުމު ހިންގުނީސް . ގައުމު ނުހިންގިގެން ރައްޔިތުން މާޔޫސްވެފަ އަސާސީހައްޤުތަކުން މަހްރޫމުވެފަ . ރައްޔިތުންބިކަވެފަ އަދުލުއިންސާފުގެއްލިފަ ގައުމުގަ އެންމެހާ ތަނެއްގައިންތިހާއަށް ކޮރަޕްޝަން . ކަމެއް ނުވާބަޔަކު ވެއްޓިދާނެތީބިރަށް އަގައިން ހިފަހައްޓަނީ . ރައްޔިތުން ފެލައިގެން އެކިނަން ނަމުގަ ޖޫރިމަނާކޮއްގެން . ހައްޤުވަނީރައްޔިތުންނަށް ސަރުކާރަށް ޖިޒީދެއްކުން . ހައްޤުވާމިންވަރަކީ ކުނިވެ މުލަވެފަވާކާތަކެތި މަގުމަތިން ހޮވާކެއުން . ލަދު ގަނެބަލަ . .