އައިންތުގެ ކާރަށް ގެއްލުން ދިން މައްސަލާގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

އައިންތުގެ ކާރަށް ގެއްލުން ދިން މައްސަލާގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

Author
މުޙައްމަދު ޖިމީ
18 ޖެނުއަރީ 2021 09:17
0

މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންއަންނަ އަންހެން ޑްރައިވަރު އައިމިނަތު ވަޙީދާގެ ކާރަށް ގެއްލުންދިން މައްސަލާގައި އެކަކުގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެމައްސަލާގައި ދައުވާ އުފުލާފައިވަނީ  ގ. އާފަތިސް، މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށްކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދަޢުވާއެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ‎27 ވަނަ ދުވަހުގެ 02:06 ހާއިރު، ގދ.ވާދޫ، ހެޕީ، އާމިނަތު ވަހީދާ ޓެކްސީ ކުރުމަށް ‎ގެންގުޅޭ ކާރު އިއްޒުއްދީން މަގު، ‎ޑްރަގް ކޯޓް ކުރިމަތީގައި ޕާކް ކޮށްފައި އޮއްވާ، އެ ޓެކްސީގެ ކުރީ ‎ބިއްލޫރިގަނޑު (ވިންޑްސްކްރީން) އަށް ގައު އުކައި އެ ބިއްލޫރިގަނޑު ތަޅާލައި، އެ ކާރަށް ގެއްލުންދީފައިވާތީކަމަށް ބުނެއެވެ.

އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ގެއްލުންދިން މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފި

މާލޭގައި ޓެކްސީ ކުރަމުން އަންނަ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތ ވަޙީދާގެ ކާރަށް އެތައް ފަހަރަކު ވަނީ ގެއްލުންދީފައެވެ. އޭނާ ވަނ މިހާތަނަށް ފަސް ފަހަރެއްގެ މަތިން ކާރަށް ގެއްލުންދީފައިވާކަމަށް ބުނެފައެވެ. އައިމިނަތު ވަޙީދާގެ ކާރަށް އެންމެ ފަހުން ލިބުނު ގެއްލުންތަކާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އައިންތުގެ ކާރަށް ގެއލްުންދިން މައްސަލާގައި މީގެ ކުރިން ދެމީހަކު ފުލުހުން ހައްޔަރުކޮށް ކޯޓުން ބަންދުގެ މުއްދަތު އިތުރުވެސް ކޮށްފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.