ކައުންސިލް އިންތިޚާބު: ފުލުހުންގެ ކޮމާންޑަރާއި، ޑެޕިއުޓީ ކޮމާންޑަރު ކަނޑައަޅައިފި

ކައުންސިލް އިންތިޚާބު: ފުލުހުންގެ ކޮމާންޑަރާއި، ޑެޕިއުޓީ ކޮމާންޑަރު ކަނޑައަޅައިފި

Author
މުޙައްމަދު ޝަޒައިމް
18 ޖެނުއަރީ 2021 11:23
0

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެކިއުރިޓީ އޮޕަރޭޝަނުގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރުކަމަށް ބޭފުޅުން، ކޮމިޝަނަރ އޮފް ޕޮލިސް އައްޔަންކުރައްވައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ  ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދެވެ. އަދި މި އޮޕަރޭޝަންގެ ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ.

ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގައި ބާއްވާ ބޮޑު އިންތިހާބަކަށްވާއިރު، ކޮންމެ އިންތިހާބަކާ ގުޅިގެންވެސް ފުލުހުން ދަނީ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި، އިންތިހާބަށް އަމާން އޮމަން މާހައުލެއް ގާއިމުކުރުމުގެ ގޮތުން އޮޕަރޭޝަން ކޮމާންޑަަރުން ކަނޑައަޅައި ދުރާލައި ތައްޔާރީތައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.