ކޮރަޕްޝަންގެ އަމަލެއް ފާހަގަނުވާތީ ހިޔާ ފްލެޓުގެ މަައްސަލަ ތަހުގީގު ނުކުރަން ނިންމައިފި

ކޮރަޕްޝަންގެ އަމަލެއް ފާހަގަނުވާތީ ހިޔާ ފްލެޓުގެ މަައްސަލަ ތަހުގީގު ނުކުރަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
18 ޖެނުއަރީ 2021 11:07
0

ހިޔާ ފްލެޓާއި ގުޅޭގޮތުން "އާއްމުންގެ އެކުވެރި ގުޅުން" އިން ހުށަހެޅި މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ފާހަގަނުވާތީ އެމައްސަލަ ތަހުގީގު ނުކުރަން ނިންމާފައިވާކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ރައީސް އޮފީހުގައި އޮންނަ ހިޔާ ފްލެޓްގެ ކޮމިޓީއަށް އެންމެ އިންސާފުވެރި ގޮތަކީ ޝަކުވާ ހުށަހަޅަން އަލުން ހުޅުވާލުން ކަމުގައި ލަފާ ދީފައިވާ ކަމަށެވެ. އަދި މިމައްސަލާގައި ބެލި ބެލުމުން ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލެއް ނުހިމެނޭތީ މިމައްސަލަ އިތުރަށް ތަހުގީގު ނުކުރުމަށް އޭސީސީން ނިންމާފައިވާކަމަށެވެ.

ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓު ކޮމެޓީން އިއުލާން ކުރިއިރު H7 ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރުވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީއިން އާއްމުކޮށް އިއުލާން ނުކުރުމުން ގިނަ ބައެއްގެ ހައްގު ގެއްލި މައްސަލަ އޭސީސީއަށް ހުށަހަޅައިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގައެވެ.

ފްލެޓްތަކުގެ ޝަކުވާ އޭސީސީއަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ، ފައިނަލް ލިސްޓު ނެރެފިނަމަ، އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބި، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު އާންމު ނުކުރީ ވަކި ބަޔަކަށް ނާޖާއިޒު މަންފާވާނެ ގޮތަކަށް އަމަލުކުރަންކަމަށް ޤަބޫލު ކުރެވޭކަމަށެވެ.

ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑު ޢާންމުކުރައްވާފައިވާ ކެޓެގަރީތަކަކީ:

H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ) ކެޓަގަރީ
H5 (ޓީޗަރުންނަށް ހާއްސަ) ކެޓަގަރީ
H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ) ކެޓަގަރީ
H7 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ
H8 (މާލޭ ރަށްވެހިންނަށް ހާއްސަ) ކެޓަގަރީ
H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ
H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ހާއްސަ) ކެޓަގަރީ

މިދިޔަ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އެންމެ ގިނަ މީހުން ފްލެޓަށް ކުރިމަތިލި ކެޓަގަރީގެ ވަގުތީ ލިސްޓު ނެރުމާ އެކު ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.