ކައުންސިލް އިންތިޚާބުގައި ވޯޓު ދެއްވާއިރު ފާއިތުވެދިޔަ ތަނުން އިބުރަތް ހާސިލު ކުރަންޖެހޭ

ކައުންސިލް އިންތިޚާބުގައި ވޯޓު ދެއްވާއިރު ފާއިތުވެދިޔަ ތަނުން އިބުރަތް ހާސިލު ކުރަންޖެހޭ

Author
މުޙައްމަދު ޝަޒައިމް
18 ޖެނުއަރީ 2021 10:50
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވޯޓު ދެއްވާއިރު، ފާއިތުވެދިޔަ މާޒީގައި ކަން ހިނގައިދިޔަށް ގޮތަށް ވަރަށް ރަނގަޅަށް ވިސްނުމަށްފަހުގައި ވޯޓު ދެއްވަންޖެހޭކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚު އިލިޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބު ގާތްވަމުންދާއިރު، ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމާއި ކެންޑިޑޭޓުންގެ ވާދަވެރިކަން ބޮޑުވެ، ކެމްޕެއިން ހަރަކާތްތައް ސޯޝަލް މީޑިޔާގައި ދަނީ ފުޅާކުރަމުންނެވެ. ކެނޑިޑޭޓުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރުމާއި، ޕާޓީތަކުގެ އިސް މެމްބަރުންނާއި، އާންމު މެމްބަރުންވެސް އެބޭފުޅަކު ތާއީދު ކުރާ ކެންޑިޑޭޓަކާއި ގުޅޭގޮތުން ދަނީ ޝުޢޫރު ފާޅުކޮށް ޚިޔާލު ފާޅުކުރަމުންނެވެ.

މިފަހަރުގެ އިންތިޚާބަކީ ކުރީ އަހަރުތަކުގެ އިންތިޚާބުތަކަށްވުރެ މުހިންމު އަދި އިންތިޚާބު ކުރެވޭ ކައުންސިލަރުންނަށް ޒިންމާބޮޑު އިންތިޚާބެކެވެ. ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއިއެކު ބޮޑެތި މަސްއޫލިއްޔަތުތަކެއް ކައުންސިލަރުންނަށް ހަވާލުވެގެންދާނެއެވެ. އިންތިޚާބުގައި ކެންޑިޑޭޓުން އިންތިޚާބު ކުރުމާއި ގުޅޭގޮތުން ޝައިޚު އިލިޔާސް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ވޯޓު ދެއްވާއިރު މާޒީގައި ކަންކަން ހިނގައިފައިވާ ގޮތުން އިބުރަތް ހާސިލްކޮށް ވަރަށް ވިސްނުންތެރިކަމާއިއެކު ވޯޓު ދެއްވަން ޖެހޭކަމަށެވެ.

ފާއިތުވެދިޔަ ތަނުން އިބުރަތް ހާސިލްކޮށް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކެންޑިޑޭޓުން އިންތިޚާބު ކުރުމުގައި ރައްޔިތުން މިހާރަށްވުރެ ފުންކޮށް ވިސްނައި ވަޑައިގަތުމަށް އިލްތިމާސް ކުރަން.

– ޝައިޚު އިލިޔާސް ވިދާޅުވިއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާހުތަކުގެތެރޭގައި ރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ އެއްްކޮށް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. އަދި ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޑޮމެސްޓިކް ބަޖެޓުގެ 5 އިންސައްތަ ކައުންސިލްތަކަށް ދިނުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ރަށްރަށުގައި ހިންގާ ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެއެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކުރުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގޯދީމީޑިއާ
ދުޢާ ކޮށްދޭ މޫސުމް ފެށުނީމަ އިސްތިހާރު ޖަހަން ފެށީ ދޯ؟؟؟