149 ކިލޯގެ ޑްރަގްގެ މައްސަލައިގައި ޕީޖީ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރު ކުރަނީ

149 ކިލޯގެ ޑްރަގްގެ މައްސަލައިގައި ޕީޖީ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
17 ޖެނުއަރީ 2021 04:24
0

ގދ. ހުޅުވާރުލުން އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކަށް ކުރި ދައުވާ ގދ. ގައްދޫ ކޯޓުން ބޭރުކޮށްކޮށްލި މައްސަލަ ގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ޕީޖީ ޝަމީމް ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހެޅުއްވީ ކޮމިޓީގެ މުޤައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. މީގެ އިތުރުން އެ މައްސަލައިގައި ފުލުހުން އިިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.

ގދ. ހުޅުވާރުލުން އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކަށް ކުރި ދައުވާ ގދ. ގައްދޫ ކޯޓުން ބޭރުކޮށްކޮށްލި މައްސަލަ އިސްތިއުނާފު ނުކުރާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.

ފަހުގެ ތާރީޚެއްގައިި ރާއްޖެ އިން އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުޅުވާރުލުން އަތުލައިގަތީ އޭޕްރީލް، 2019 ގައި ގައްދޫގައި ވަޅުލާފައި ހުއްޓައެވެ. ގދ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދި ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 5 މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ގދ ފަޅުރަށެއްކަމަށްވާ ގދ ހުޅުވާރުލުގައި ވަޅުލާފައި ހުރި މަސްތުވާތަކެތި ފުލުހުން ހޯދީ 2019 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ފަހުކޮޅުއެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކުރި ފަސްމީހުންގެ ތެރެއިން އެކަކުވަނީ ދޫކޮށްލާފައެވެ. އަނެއް 4 މީހުންވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެެއްޓުމަށް އަމުރުކޮށްފައެވެ.

މީގެތެރެއިން 4 މީހެއްގެ މައްޗަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އަނެއް މިހާގެ މައްޗަށް އުފުލާފައިވަނީ އެކަމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައު ދައުވާ އުފުލާފައިވަނީ ގދ ގައްދޫ އެދުރުގެ އުމުރުން 25 އަހަރުގެ ޔާމިހް ހާލިދާއި ހަމަ އެގޭ އުމުރުން 42 އަހަރުގެ އަހްމަދު ހަލީމާއި ގއ ކޮނޑޭ ރޮމޭންސް އުމުރުން 35 އަހަރުގެ ޝަފީޒު މުހައްމަދާއި ގއ ނިލަންދޫ އުމުރުން 35 އަހަރުގެ އަލީ ޝާކިރާއި ގއ ކޮނޑޭ ގަހާކޯޅި އުމުރުން 34 އަހަރުގެ އަހްމަދު އަނިލްއެވެ.

ފަޅު ރަށުގައި ވަޅުލާފައި ހުއްޓާފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނި ހެރޮއިން އާއި ކެނެބިސްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަންތިރި
އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ބޮޑެތި ކުށްތަކަށް ދަޢުވާ ނުކުރާނެކަމަށާއި ސާބިތު ނުކުރެވޭނެ ކަމަށް މިކަލޭގެ (އެމްޑީއެން ޝަމީމު) މިދަނީ ބުނަމުން. ޡިނޭ ސާބިތު ކުރެވޭ އެއްޗެއް ނޫން! މަސްތުވާ ތަކެތި ދައުވާ ކުރެވޭ އެއްޗެއް ނޫން! މީވާ ފުރިހަމަ ޢަދުލުވެރި ޢަދާލަތެއް!