ފޯނުން ދިން މައުލޫމާތާ ގުޅިގެން ސްޓެލްކޯގެ މުވައްޒަފަކު އެކަހެރިކޮށްފި

ފޯނުން ދިން މައުލޫމާތާ ގުޅިގެން ސްޓެލްކޯގެ މުވައްޒަފަކު އެކަހެރިކޮށްފި

Author
އަހުމަދު
03 ސެޕްޓެމްބަރ 2026 02:51
0

ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމުން ސްޓެލްކޯއަށް ގުޅައި ހޯދި މައުލޫމާތު ހާމަކުރި މައްސަލައިގައި، ތުހުމަތު ކުރެވޭ މުވައްޒަފު ވަޒީފާގެ މަސައްކަތުން އެކަހެރި ކޮށްފި އެވެ.

ސްޓެލްކޯއިން މިއަދު ސޯޝަލް މީޑިއާގައި ބުނީ އެ ފޯނު ކޯލު ކޮށްފައިވަނީ އެ ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓަށް ކަމަށާއި، މައްސަލަ ބެލުމަށްފަހު ކުންފުނީގެ ޤަވާޢިދުގެ ދަށުން އަޅަންޖެހޭ އިސްލާޙީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ކަމަށެވެ. އަދި ސްޓެލްކޯގެ އަމާޒަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، 24 ގަޑިއިރު މެދުކެނޑުމެއްނެތި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ރާއްޖެ ޓީވީން ބުނީ ސްޓެލްކޯއަށް ގުޅީ، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވެރިކަން ކުރާ ޕާޓީއަށް ވައްދަމުންދާ ކަމަށާއި، ސޮއި ކުރިކަން ޔަގީންކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މެސެޖުގެ ސްކްރީން ޝޮޓު ވަކި ނަމްބަރަކަށް ފޮނުވުމަށް އެޗްއާރުން އަންގަމުންދާ ކަމުގެ މައުލޫމާތު ލިބިގެން، އެކަން ކަށަވަރު ކުރުމަށް ކަމަށެވެ. އެއީ ހިނގަމުންދާ ކަމެއްކަން ކުރި ފޯނު ކޯލުން ޔަގީން ކުރެވުނު ކަމަށްވެސް އެ ޗެނަލުން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.