އުމްރާއަށް ނުގެންދިޔަ ބަޔަކަށް 155،700 ރުފިޔާ ދެއްކުމަށް އަސްކޮއި ގްރޫޕަށް ސިވިލް ކޯޓުން އަމުރުކޮށްފި

އުމްރާއަށް ނުގެންދިޔަ ބަޔަކަށް 155،700 ރުފިޔާ ދެއްކުމަށް އަސްކޮއި ގްރޫޕަށް ސިވިލް ކޯޓުން އަމުރުކޮށްފި

Author
އަހުމަދު
03 ސެޕްޓެމްބަރ 2026 02:48
0

އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި އަސްކޮއި ޓްރެވަލްސްއަށް ފައިސާ ދެއްކުމަށްފަހު، ދަތުރު ނުކުރެވުނު ހަ މީހަކަށް 155،700 ރުފިޔާ އަނބުރާ ދިނުމަށް ސިވިލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި ދައުވާ ރައްދުވި އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ރަޝީދު ވަނީ، ދައުވާކުރި ފަރާތްތަކުން އެދިފައިވާ ފައިސާ ދިނުމަށް އެއްބަސްވެފައެވެ. އެހެންކަމުން، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ އެއްކޮށް ދައްކައި ޚަލާސްކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، ޝަރީއަތުގެ ޚަރަދުގެ ގޮތުގައި ހޯދަން ދައުވާކުރި ފަރާތުން އެދުނު 42،000 ރުފިޔާ ނަގައިދެވެން ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ފައިސާ ނެގުމަށްފަހު މީހުން އުމްރާއަށް ނުގެންދިޔުމުގެ މައްސަލައިގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިދިޔަ އަހަރު ވަނީ އަސްކޮއި ގްރޫޕުގެ ޢުމްރާ ހުއްދަ ބާތިލްކޮށް، އެ ކުންފުނި 130،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން، މި އަހަރުގެ ކުރީކޮޅު ސިވިލް ކޯޓުން ވަނީ އެ ކުންފުނީގެ މައްޗަށް، އެހެން އާއިލާއަކަށް 185،000 ރުފިޔާ ދައްކަން ވެސް ހުކުމްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.