ބޭންކިން ދާއިރާގެ އިސް މަގާމުތަކުގެ 80 ޕަސެންޓް ދިވެހިންނަށް ޙާއްސަކުރަނީ

ބޭންކިން ދާއިރާގެ އިސް މަގާމުތަކުގެ 80 ޕަސެންޓް ދިވެހިންނަށް ޙާއްސަކުރަނީ

Author
އަހުމަދު
18 އޮގަސްޓް 2026 08:10
0

ރާއްޖޭގެ ބޭންކިން ދާއިރާގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 80 ޕަސެންޓަށް އިތުރުކުރުމަކީ އަމާޒެއް ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމްޕީބީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، ބޭންކިން ދާއިރާގެ އިސް މަގާމުތަކުގެ ގާތްގަނޑަކަށް 40 ޕަސެންޓް މިހާރު ފުރުއްވަމުން ގެންދަނީ ބިދޭސީން ކަމަށާއި، މި ނިސްބަތް 20 ޕަސެންޓަށް ނުވަތަ އެއަށްވުރެ ދަށަށް ތިރިކުރުމަކީ އަމާޒެއް ކަމަށެވެ.

މި އަމާޒު ހާސިލުކުރުމަށްޓަކައި ދިވެހި ޒުވާނުން ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް މުނައްވަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.